ސައުދިއަރަބިއްޔާގެ އިސް މުފްތީއަކަށް ޝައިޚް ސާލިހް އަލް ފައުޒާން

Advertisement

އެންމެ ފަސް

Advertisement

ސައުދިއަރަބިއްޔާގެ އިސް މުފްތީއަކަށް ޝައިޚް ސާލިހް އަލް ފައުޒާން އައްޔަނުކުރައްވައިފި އެވެ.

ސައުދީ ގެޒެޓްއިން ބުނެފައިވާގޮތުގައި ސައުދިއަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ސައުދިއަރަބިއްޔާގެ އިސް މުފްތީއަކަށް ޝައިޚް ސާލިހް އަލް ފައުޒާން އައްޔަނުކުރެއްވީ ވަލީއަޙްދު މުހައްމަދު ބިން ސަލްމާންގެ ލަފާފުޅުގެ ދަށުންނެވެ.

މީގެއިތުރުން ޝައިޚް އަލް ފައުޒާން ވަނީ ކައުންސިލް އޮފް ސީނިއާ ސްކޮލަރސްގެ ޗެއާމަންގެ މަގާމާއި ސްކޮލަލީ ރިސާޗް އެންޑް އިފްތާ ކޮމިޓީގެ އިސްވެރިއަކަށް ވެސް އައްޔަން ކުރައްވާފަ އެވެ.

އިސް މުފްތީއަކަށް ޝައިޚް ސާލިހް އަލް ފައުޒާން އައްޔަނުކުރެއްވީ އެ މަގާމުގައި ހުންނެވި ޝެއިޚް އަބްދުލްއަޒީޒް އަލްޝެއިހް ސެޕްޓެމްބަރު 23 ވަނަ ދުވަހު އަވަހާރަވުމާއި ގުޅިގެންނެވެ.

ޝައިޚް އަލް ފައުޒާން ހުންނެވީ ކައުންސިލް އޮފް ސީނިއަރ ސްކޮލަރސް އަދި ޕަރމަނަންޓް ކޮމިޓީ ފޯރ ސްކޮލަލީ ރިސާރޗް އެންޑް އިފްތާގެ މެންބަރެއްގެ ގޮތުގަ އެވެ. އަދި މުސްލިމް ވޯލްޑް ލީގާއި ގުޅިފައިވާ އިސްލާމިކް ފިޤުހު ކައުންސިލްގެ މެންބަރުކަމާއި، ޙައްޖު ދުވަސްވަރު ދަރުސްވެރިންގެ ސުޕަވައިޒަރީ ކޮމިޓީގެ މެންބަރުކަން ވެސް ކުރެއްވި އެވެ.

ސައުދީ އަރަބިއްޔާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ