ތެޔޮ ބާޖެއް ފަރަށް އަރައިފި

Advertisement

އެންމެ ފަސް

Advertisement

ހޯކްސް ދޯދި ނަމަކަށް ކިޔާ ތެޔޮ ބާޖެއް ފަރަށް އަރައިފި އެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިންގޮތުގައި މި ތެޔޮ ބާޖު އަރާފައިވަނީ ކ.ކުޑަވިލިގިލި ރިސޯޓުގެ އިރުމަތީ ފަރާތުގައި އޮންނަ ފަރަކަށެވެ. އަދި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މި ތެޔޮ ބާޖު ފަރަށް އެރި އިރު އޭގައި ތިބީ ކިތަށް މީހުންކަމެއް ދަތުރުކުރަމުން ދިޔައީ ކޮންތަނަކަށް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

ތެޔޮ ބާޖެއް ފަރަކަށް އަރާފައިވާއިރު އިއްޔެ ވަނީ ވ. ފެލިދޫ ކައިރިއަށް ބޯޓެއް ފަރަށް އަރާފަ އެވެ. ޖުމްލަ 12 މީހުން ތިބި މި ބޯޓު ފަރަށް އަރާފައިވަނީ ވ.ފެލިދޫ ހުޅަނގުން ފަސް ނޯޓިކަލް މޭލު ބޭރުންނެވެ. އެ ސަރަހައްދުގައިވެސް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން ޑައިވަރުންނާ އެކު ދަނީ ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ