ނައިބު ރައީސް ޤަތަރަށް ވަޑައިގެންފި

Advertisement

އެންމެ ފަސް

Advertisement

ޤަތަރުގެ ދޯހާގައި ބޭއްވުމަށް ހަމަޖެހިފައިވާ، ”ސެކަންޑް ވަރލްޑް ސަމިޓް ފޯރ ސޯޝަލް ޑިވެލޮޕްމަންޓް“ ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފު އެ ޤައުމަށް ވަޑައިގެންފި އެވެ.

މި ސަމިޓްގައި ދުނިޔޭގެ ގިނަ ޤައުމުތަކެއްގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ އެވެ. މައިގަނޑު މަޤްޞަދަކީ އިޖްތިމާޢީ ތަރައްޤީ ކުރިއެރުވުމާއި، ފަޤީރުކަން ނައްތާލުމާއި، ވަޒީފާގެ ބާޒާރު ހަރުދަނާކުރުމާ، ޝާމިލް މުޖްތަމަޢެއް ބިނާކުރުމާބެހޭގޮތުން މަތީފެންވަރުގެ މަޝްވަރާތަކެއް ކުރުމެވެ. މި މަޝްވަރާތައް ކުރިއަށްދާނީ 2030 ވަނަ އަހަރާ ހަމަޔަށް ޙާޞިލުކުރުމަށް ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާ ގުޅުވައިގެންނެވެ.

އޭގެއިތުރުން ހުރިހާ ދިމާލަކުން ތަރައްޤީއަށް ބޭނުންވާ މުހިންމު ނިންމުންތަކެއް ނިންމުމަށް މި ސަމިޓްގައި މަސައްކަތް ކުރާނެ އެވެ.

އ.ދ.ގެ އާންމު މަޖިލީހުން ކަނޑައަޅުއްވާފައިވާ ގޮތުގެމަތިން މި އަހަރުގެ ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު މަހުގެ 4 ން 6 ށް ޤަތަރުގެ ދޯހާގައެވެ. މި ސަމިޓްގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ 1995 ވަނަ އަހަރު ޑެންމާރކުގެ ކޯޕަންހޭގަންގަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، މި ސަމިޓު ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން، ދިވެހިރާއްޖޭގެ ފަރާތުން ބަޔާނެއް ދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ބަޔާނުގައި ދިވެހިރާއްޖެއިން އިޖްތިމާޢީ ތަރައްޤީއަށް ދެމުންދާ އަހަންމިއްޔަތާއި، މިކަމުގައި ދިމާވާ ގޮންޖެހުންތަކާބެހޭ މައުލޫމާތު ހިމެނޭނެ ކަމަށް ބެލެވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ