ނޮވެމްބަރު 3ގެ ހަނދާނީ ބިނާގައި ދިދަ ޖެހުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި

Advertisement

އެންމެ ފަސް

Advertisement

ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގެންފި އެވެ.

މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ނޮވެންބަރު ތިނެއްގެ ހަނދާނީ ބިނާ ހުންނަ ސަރަހައްދުގަ އެވެ. މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް މުއިއްޒު އެވެ.

މި ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މިއަދު ހެނދުނު ބޭއްވި މި ރަސްމިއްޔާތުގައި ޝަހީދުވި މީހުންގެ ހަނދާނުގައި 1 މިނެޓުގެ ސުކޫތެއް ގެނެސްފައިވެ އެވެ. އަދި 7 ބަޑީގެ ސަލާމެއް އަރުވާފައިވެ އެވެ.

މި އަހަރުގެ ނަސްރުގެ ދުވަސް ވެސް ފެށީ، ބޮޑު ޖަމާއަތުގައި ސިފައިން ކުރި ފަތިސް ނަމާދުންނެވެ.

ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާ މިއަދު ހެނދުނު ބާއްވާފައިވާއިރު، މިއަދު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ހާއްސަ ޝަރަފުގެ އައްޑަނައެއް އަރުވާފަ އެވެ.

ނަސްރުގެ ދުވަސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ