ފުރުގާން މިސްކިތަށް ގާ އުކައި، ގެއްލުންތަކެއް ދީފި

Advertisement

އެންމެ ފަސް

Advertisement

އަމީނީ މަގުގައި ހުންނަ މަސްޖިދުލް ފުރުގާނަށް ބަޔަކު ގެއްލުން ދީފި އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ފުރުގާން މިސްކިތަށް ގެއްލުންދިން މައްސަލަ ރިޕޯޓްްކޮށްފައިވަނީ ރޭ 2:20 ހާއިރު އެވެ.

ފުލުހުން ބުނީ މިސްކިތަށް ގެއްލުންދިން މީހުން އެ މިސްކިތުގެ ދޮރެއްގެ ބިއްލޫރިގަނޑު ތަޅާލައިފައިވާ ކަމަށެވެ. ނަަމަވެސް އެއްވެސް އެއްޗެއް ވަގަށް ނެގި ކަމަށް ފާހަގަވެފައި ނެތް ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުރުޤާން މިސްކިތަށް ބަޔަކު ގެއްލުންދީފަ – މި މައްސަލާގައި އަދި މީހަކު ހައްޔަރެއް ނުކުރޭ

ފުލުހުން ބުނި ގޮތުގައި މިސްކިތުގެ ބިއްލޫރިގަނޑު ތަޅާލުމުގެ އިތުރުން ފާހާނައިގެ ދޮރުތަކަށް ވެސް ގެއްލުން ދީފައިވާ ކަމުގެ މައުލޫމާތު ލިބިފައިވެ އެވެ.

މީގެކުރިން 2024 ވަނަ އަހަރުވެސް ފުރުގާން މިސްކިތަށް ގެއްލުންދީފައިވެ އެވެ. އެފަހަރު އެ މައްސަލައިގައި މީހަކު ހައްޔަރު ކޮށްފައިވެ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ