އެމްޕީއެލް (މޯލްޑިވްސް ޕޯޓްސް ލިމިޓެޑް) ސަރަހައްދާ ދިމާ ބޭރުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައިގެން ނުރައްކާތެރި ހާދިސާއެއް ހިނގައި، ބިދޭސީއަކު ނިޔާވެއްޖެ އެވެ.
ފުލުހުންގެ މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު 15:44 ހާއިރު އެވެ. ފުލުހުން ބުނި ގޮތުގައި އެ ކޮޅުވެއްޓި ބަންޑުންޖަހާލިއިރު އޭގައި ތިބީ 14 މީހުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ އެންމެންވެެސް ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި އޭގެތެރެއިން އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވަމީ 6 މީހެއް ކަމަށެވެ. އޭގެތެރެއިން ބޮޑެތި އަނިޔާތަކެއް ލިބިފައިވަނީ ބިދޭސީއަކަށް ކަމަށާއި، އޭނާގެ ހާލު ސީރިއަސްކަމަށް ހޮސްޕިޓަލުން މައުލޫމާތުދޭކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ދެންމެ ބުނި ގޮތުގައި ފަރުވާދެމުންދިޔަ އެ ބިދޭސީ މީހާ ވަނީ ނިޔާވެފަ އެވެ.
މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ސިފައިންނާއި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ދިވެހި ފުލުހުންގެ ޚިދުމަތް
