ޖުޑިޝަރީ ކޮމިޓީގެ މުގައްރިރަކަށް ސައްތާރު

Advertisement

އެންމެ ފަސް

Advertisement

ޖުޑިޝަރީ ކޮމިޓީގެ މުގައްރިރަކަށް ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ކަނޑައަޅައިފި އެވެ.

ސައްތާރު ޖުޑިޝަރީ ކޮމިޓީގެ މުގައްރިރަކަށް ކަނޑައަޅާފައިވަނީ މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގަ އެވެ.

ޖުޑިޝަރީ ކޮމިޓީގެ މުގައްރިރެއްގެ ގޮތުގައި މީގެކުރިން ހުންނެވީ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް އެވެ. ހުސްނީ މުބާރިކް ވަނީ މަޖިލީހުން ޖުޑިޝަލް ސާވިސް ކޮމިޝަނަށް ކަނޑައާޅާ މެންބަރު ކަމަށް މިއަދު އައްޔަނުކޮށްފަ އެވެ.

މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުންގެ އިއްތިފާގުން ނިންމާފައިވަނީ ކޮމިޓީގެ މުގައްރިރަކަށް ސައްތާރު އަދި ނައިބު މުގައްރިރަކަށް ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު އައްޔަނުކުރުމަށެވެ.

ހުސްނީ މުބާރިކް ޖޭއެސްސީއަށް އައްޔަންކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން، އެ މަޖިލީހުން ކަނޑައަޅާ މެންބަރެއްގެ ހައިސިއްޔަތުންނެވެ.

ޖޭއެސްސީއަށް މަޖިލީހުން ކަނޑައަޅާފައިވާ މެންބަރުކަމުން 25 އޮކްޓޫބަރު ގައި މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް ވަނީ އިސްތިއުފާ ދެއްވާފަ އެވެ. ޖޭއެސްސީން ރިޒާ އިސްތިއުފާ ދެންނެވިއިރު، ހުންނެވީ ޖޭއެސްސީގެ ރައީސްގެ މަގާމުގަ އެވެ.

ރައްޔިތުންގެ މަޖިލިސް ޖުޑިޝަރީ ކޮމިޓީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ