ޖޭއެސްސީގެ މެންބަރުކަމަށް ހުސްނީ މުބާރިކް އައްޔަނު ކުރައްވައިފި

Advertisement

އެންމެ ފަސް

Advertisement

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރު ކަމަށް މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް އައްޔަނުކުރައްވައިފި އެވެ.

ޖޭއެސްސީގެ މެންބަރު ކަމަށް ހުސްނީ މުބާރިކް މިއަދު އައްޔަނު ކުރައްވާފައިވަނީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ކުރިއަށްގެންދިޔަ ރަސްމިއްޔާތުގަ އެވެ.

މި ރަސްމިއްޔާތެއްގައި ހުސްނީ މުބާރިކް ވަނީ ޖޭއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފަ އެވެ. ހުސްނީ މުބާރިކަށް މެންބަރުކަމުގެ ހުވައިލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލްއުސްތާޛު އަލީ ރަޝީދު ހުސައިނެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރެއްވިކަމުގެ ލިޔުން ހުސްނީ މުބާރިކާއި ހަވާލުކޮށްދެއްވާފަ އެވެ.

ހުސްނީ މުބާރިކް ޖޭއެސްސީއަށް އައްޔަންކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން، އެ މަޖިލީހުން ކަނޑައަޅާ މެންބަރެއްގެ ހައިސިއްޔަތުންނެވެ.

ޖޭއެސްސީއަށް މަޖިލީހުން ކަނޑައަޅާފައިވާ މެންބަރުކަމުން 25 އޮކްޓޫބަރު ގައި މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް ވަނީ އިސްތިއުފާ ދެއްވާފަ އެވެ. ޖޭއެސްސީން ރިޒާ އިސްތިއުފާ ދެންނެވިއިރު، ހުންނެވީ ޖޭއެސްސީގެ ރައީސްގެ މަގާމުގަ އެވެ.

ޖޭއެސްސީގައި މިހާރު ތިއްބެވީ:

  1. ކޮމިޝަނުގެ ނާއިބުރައީސް ؛ ޔަޒްމީދު މުޙައްމަދު – ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެންބަރު
  2. އަބްދުއްރަޙީމް އަބްދުﷲ – ރައްޔިތުންގެ މަޖިލީހުގެ ރައީސް
  3. އަލްއުސްތާޛު ހުސައިން ޝަހީދު – އުއްތަމަފަނޑިޔާރު ފިޔަވައި ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބު ކޮށްފައިވާ ފަނޑިޔާރު
  4. އަލްއުސްތާޛު މުހައްމަދު ނިޔާޒް – ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބު ކޮށްފައިވާ ފަނޑިޔާރު
  5. އަލްއުސްތާޛު ފަރުހާދު ރަޝީދު – ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިޚާބު ކޮށްފައިވާ ފަނޑިޔާރު
  6. އަލްއުސްތާޛު އަޙްމަދު އުޝާމް – ބަންޑާރަނައިބު
  7. މުޙައްމަދު މުޖްތާޒް – ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް
  8. އަލްއުސްތާޛު އަލީ އަބްދުއްލަތީފް – ޤާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބު ކޮށްފައިވާ މެންބަރު
  9. އިދްރީސް ފައުޒީ – ޢާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުން ކަނޑައެޅި މެންބަރު

ރައްޔިތުންގެ މަޖިލިސް މެންބަރު ހުސްނީ މުބާރަކް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ