އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު މާދަމާ މަޖިލީހަށް ހުށަހަޅަނީ

Advertisement

އެންމެ ފަސް

Advertisement

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ހަމަޖެހިފައިވާ ޖަލްސާ މާދަމާއަށް ތާވަލުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން، މާދަމާ އެ ޖަލްސާ ބާއްވާނެކަން އިޢުލާނުކުރައްވައިފަ އެވެ.

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު މާދަމާ މަޖިލީހަށް ހުށަހަޅާއިރު ބަޖެޓާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނު ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި ވާހަކަ ދައްކަވާފަ އެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި އާ މަޝްރޫޢުތަކަށް 3 ބިލިއަން ރުފިޔާ ހިމަނާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ. އޭގެ ތެރެއިން މަދުވެގެން 500 މިލިއަން ރުފިޔާ ހަރަދު ކުރާނީ އަލަށް ފަށާ ތައުލީމީ ދާއިރާގެ މަސައްކަތްތަކަށް ކަމަށާއި މަދުވެގެން 500 މިލިއަން ރުފިޔާ ހަރަދު ކުރާނީ އަލަށް ފަށާ ސިއްހީ ދާއިރާގެ މަޝްރޫތަކަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، އަންނަ އަހަރު ތައުލީމީ ދާއިރާއިން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމު އުނގަންނައިދިނުމުގެ ބޮޑު މަޝްރޫއެއް ފަށަން ވަނީ ނިންމަވާފަ އެވެ. އަދި ސިއްހީ ދާއިރާ ކުރިއަރުވުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، ރާއްޖެއިން ނުހެދޭ ޓެސްޓުތައް ހެދުމަށާއި އޮޕަރޭޝަންތަކާއި ޑޮކްޓަރަށް ދައްކަން ބޭރަށް ދިއުން މަދުކުރުމަށް، ރާއްޖޭގެ ހޮސްޕިޓަލުތަކުގައި އާ އޮޕަރޭޝަންތަކާއި ޓެސްޓުތައް ހެދޭނެ އިންތިޒާމުތައް ގާއިމްކުރުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.

މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުން ފާސް ކުރި މިއަހަރަށް ލަފާ ކުރާ ބަޖެޓަކީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓުގައި އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވާއިރު ހަރަދު ކުރުމަށް ވަނީ 49.2 ބިލިއަން ރުފިޔާ ހިމަނާފަ އެވެ. މި ބަޖެޓުގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު އޭގެތެރެއިން ޓެކްސް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 29.2 ބިލިއަން ރުފިޔާ އެވެ. އަދި ހިލޭ އެހީގެ ގޮތުގައި 2.6 ބިލިއަން ރުިފޔާ ލިބޭކަމަށް ލަފާކޮށްފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިސް އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މިނިސްޓްރީ އޮފް ފިނޭންސް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ދައުލަތުގެ ބަޖެޓް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ