ބަންދު މުއްދަތު ޖެހުމުގައި ތަފާތުކުރުން ގެންގުޅޭކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަތް

Advertisement

އެންމެ ފަސް

Advertisement

ޖިނާއީ މައްސަލަތަކުގެ ތުހުމަަތުގައި ހައްޔަރުކޮށް ބަންދު މުއްދަތުޖެހުމަށް ކޯޓަށް ގެންދިއުމުން ބަންދު މުއްދަތު ދިނުމުގައި ތަފާތު ކުރުން ގެންގުޅޭކަމަށް ބުނެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަތުމަށް ރިޔާސަތުން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.

މި ކުއްލި މައްސަލައާ ގުޅޭގޮތުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ކުއްލި މައްސަލައަކ،ީ ރައްޔިތުންގެ ނުވަތަ ޤައުމުގެ މަސްލަހަތަށް ސީދާ އަސަރުކުރާފަދަ ބޮޑުކަމެއް ކުއްލިއަކަށް ދިމާވުމުން، އެކަމެއް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއ،ި ސަރުކާރުން އެކަމާމެދު އަޅާފައިވާ ނުވަތަ އަޅާފައިނުވާ ފިޔަވަޅަކަށް ފާޑުކިއުމުގެ ގޮތުން ހުށަހެޅިފައިވާ މައްސަލައަކަށް ވާންވާނެ ކަމަށް މަޖިލީހުގެ ގަވައިދުގައި ބުނެފައިވާ ކަމަށެވެ.

ނަމަވެސް މެންބަރުން މީކާއިލް ފޮނުވާފައިވާ ކުއްލި މައްސަލައިގައި މި ޝަރުތުތައް ފުރިހަމަނުވާތީ ކުއްލި މައްސަލަ ހުށަހެޅެން ނެތްކަމަށް މަޖިލިސް ރައީސް އަބްދުއްރަހީމް ވިދާޅުވި އެވެ.

މީކާއިލް މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ، ޤާނޫނުއަސާސީންނާއި ޤާނޫނުތަކުން ރައްޔިތުންނަށް ލިބިދީފައިވާ ހައްޤުތަކަށް ކޯޓުތަކުން ރައްކާތެރިވުމުގެ ބަދަލުގައި، ފަރުދުންގެ މެދުގައި ގަސްތުގައި ތަފާތުކުރަމުންދާކަމަށާއި ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގައި ކަނޑައެޅިގެން ތަފާތުކޮށް އަމަލުކުރަމުންދާކަން ފާހަގަވާން ފަށާފައިވާ ކަމަށެވެ.

”ޖިނާއީ ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތީންތޯ ކަނޑައެޅުމަށް، ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމުން، އެ މީހަކު ދޫކޮށްލުމަށް ނުވަތަ ބަންދުގައި ބެހެއްޓުމާމެދު ގޮތެއް ކަނޑައެޅުމުގައި ފަނޑިޔާރުން އަދުލުވެރިކަމުން އެއްކިބާވަމުންދާކަން ފާހަގަކުރެވޭ،“ ކުއްލި މައްސަލައިގައި ބުނެފައިވެ އެވެ.

މީކާއިލްގެ ކުއްލި މައްސަލައިގައި ވަނީ މިއަހަރު އޭޕްރިލް 18 ވަނަ ދުވަހު މާލޭ ގެއެއްގެ ފުރާޅުމައްޗަށް އަންހެނެއް ވެއްޓުނު މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް ފުރަތަމަ ކޯޓުން ދިނީ 3 ދުވަސް ކަމާއި، އެމްޑީޕީ މުޒާހަރާއިން ހައްޔަރުކުރި މީހުންގެ ބަންދަށް ފުރަތަމަ ދިނީ 15 ދުވަސް ކަމާއި އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބީއެމްއެލްގެ މުވައްޒަފުން އަތުން ގިނަ އަދަދެއްގެ ޑޮލަރު ފޭރުނު މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް ކޯޓުން ދިނީ 5 ދުވަހުގެ މުއްދަތެއްކަން ފާހަގަކޮށްފަ އެވެ. އަދި އޮކްޓޫބަރު 27 ވަނަ ދުވަހު މާލޭގެ ކެފޭއަކުން ކެއުމަށްފަހު ބިލަށް ފައިސާ ނުދައްކާ ފިލަން އުޅުނުކަމަށް ބުނެ ހައްޔަރުކުރި މީހެއްގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ދިންކަންވެސް ފާހަގަކޮށްފައިެވ އެވެ.

ކުއްލި މައްސަލައިގައި ބުނެފައިވަނީ، ބޮޑެތި ޖިނާއީ ކުށްތަކުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންނަށް ކުރު މުއްދެއް އަދި ކުދިކުދި ކުށްތަކުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންނަށް ދިގު މުއްދަތެއް ޖަހައި، ހަމަހަމަކަމާއި އިންސާފުން އެއްކިބާވެ، ރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުން ރައްޔިތުންގެ މެދުގައި ތަފާތުކުރުން ގެންގުޅުމަކީ ރައްޔިތުންނަށް އިންސާފު ލިބުމަށް ނިޒާމީ ގޮތެއްގައި ހުރަސްއެޅިގެން ހިނގައިދާނެ ކަމެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މެންބަރު މީކާއިލް ނަސީމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ