ނައިފަރުގައި 300 ހައުސިންގ ޔުނިޓު ތަރައްޤީކުރަން އެޗްޑީސީއަށް، މި ދައުރުގައި 800 ޔުނިޓް އަޅާނެ

Advertisement

އެންމެ ފަސް

Advertisement

ނައިފަރުގައި 300 ހައުސިންގ ޔުނިޓު ތަރަޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކުރަށްވައިފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ޅ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ނައިފަރަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އަބްދުﷲ މުއްތަލިބް އެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރް އެވެ.

މި އެއްބަސްވުމުގެ ދަށުން މިރަށުގައި 300 ހައުސިންގ ޔުނިޓް ތަރައްގީ ކުރެވިގެންދާނެ ކަމަށް އެޗްޑީސީއިން ބުނެފައިވެ އެވެ.

ނައިފަރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުގެ ރިޔާސީ ދައުރުގެ ތެރޭގައި ޅ. ނައިފަރުގައި ޖުމްލަ 800 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި ރައީސް ވަނީ ރޭ ސޮއިކުރި މަޝްރޫއުތަކުގެ މަސައްކަތް ނިންމައި ރައްޔިތުންނަށް ނަތީޖާ ދައްކަވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ނައިފަރުގައި 400 ހައުސިން ޔުނިޓު އަޅާނެ ކަމަށް ވައުދުވެވަޑައިގެންނެވި ކަމަށެވެ. އެގޮތުން، ރޭ އެޗްޑީސީއާ ހަވާލުކުރި 300 ހައުސިން ޔުނިޓުގެ އިތުރުން، އިތުރު 100 ޔުނިޓުގެ މަސައްކަތް ވެސް މި ދައުރު ތެރޭ ބަޔަކާ ހަވާލު ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މީގެ އިތުރުން، 2027 ވަނަ އަހަރުގެ ތެރޭ އިތުރު 400 ހައުސިން ޔުނިޓުގެ މަސައްކަތް އެ ރަށުގައި ފަށާނެ ކަމަށް ރައީސް ވިދާޅު ވިއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ޅ. ނައިފަރު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ