ނައިފަރުން 45 ހެކްޓަރުގެ ބިން ހިއްކައި، ބަނދަރު ހެދުމުގެ މަސައްކަތް ފަށައިފި

Advertisement

އެންމެ ފަސް

Advertisement

ޅ. ނައިފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށައިފި އެވެ.

މި މަޝްރޫއުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވާފައިވަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޅ. އަތޮޅު މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ނައިފަރަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި ރަސްމިއްޔާތުގައި ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބު އެވެ. އަދި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައުދީ އެވެ. އަދި ނައިފަރު ދާއިރާގެ މެމްބަރ މީގެ އިތުރުން ކައުންސިލްގެ ރައީސްވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.

ނައިފަރުގެ ބިން ހިއްކުމުގެ މަސައްކަތް ފެށުން

މި މަޝްރޫއުގެ ދަށުން 44.8 ހެކްޓަރުގެ ބިން ހިއްކުމާއި، ހިއްކި ބިން ޙިމާޔަތްކުރުމަށް 1813 މީޓަރުގެ ބޮޑު ހިލައިގެން ރިވެޓްމަންޓް ޖެހުމާއި، 803 މީޓަރުގެ ބޮޑު ހިލައިގެން ބޭރު ތޮށި އަދި 474 މީޓަރު ބޮޑު ހިލައިގެ ގްރޮއިން ޖަހާނެ އެވެ.

މި މަސައްކަތް ހަވާލުކޮށްފަވަނީ 1 އަހަރާ 9 މަސް ދުވަހުން މަސައްކަތް ނިންމާގޮތަށެވެ. މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 679 މިލިއަން ރުފިޔާއަށެވެ.

6000 މީހުންގެ އާބާދީއެއް އޮންނަ ނައިފަރު ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ބޯހިޔާވަހިކަމުގެ ދަތިކަމެވެ. މި މަޝްރޫޢުގެ މަސައްކަތް ނިމުމުން ހިއްކި ބިމުން ރަށު ރައްޔިތުންނަށް ގޯތި ލިބުމުގެ ފުރުޞަތު އޮންނާނެ އެވެ. މިކަމުގެ ސަބަބުން ރަށަށް އިޖްތިމާޢީގޮތުންނާއި އަދި އިޤްތިޞޯދީ ގޮތުން ކުރިއެރުންތަކެއް އަންނާނެ އެވެ.

ޅ. ނައިފަރު މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ