ޅ. ނައިފަރުގައި ފްޓްބޯޅަ ދަނޑެއް ތަރަށްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އަބްދުﷲ ރާފިއު އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޑީސީޕީ ރިޓެޔަރޑް އަހުމަދު ސައުދީ އެވެ.
މި މަޝްރޫއުގެ ދަށުން ސަބްބޭސް މަރާމާތު ކުރުމާއި، ޓާރފް އަލުން އެޅުމާއި، ވަށައިފާރު ރޭނުމާއި، ފެންސް ރެނޮވޭޓް ކުރުމާއި، އިތުރު 2 ބައްތި ހޮޅިދަނޑި ހަރުކުރުމާއި، މިހާރު ހުރި ރޮސްޓްރަމް ރޫޅާލުމާއި، 16،100 އަކަފޫޓުގެ ސަރަހައްދެއްގައި 3 ފަންގިފިލާގައި އާ ރޮސްޓްރަމެއް ހެދުމުގެ މަސައްކަތް ކުރާނެ އެވެ.
މީ 24.78 މިލިޔަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.
6000 މީހުންގެ އާބާދީއެއް އޮންނަ ޅ. ނައިފަރުގައި ފްޓްބޯޅަދަނޑެއް ތަރަށްގީ ކުރުމުގެ މަޝްރޫއުއަކީ ރަށުގެ ޒުވާނުންގެ އުންމީދުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ މަޝްރޫއުއެކެވެ.
މި ފްޓްބޯޅަ ދަނޑުގެ މަސައްކަތް ނިމުމުން އެ ރަށުގެ ރަށްޔިތުންނަސް އިޖުތިމާއީ ގޮތުން ކުރިއެރުންތަކެއް ލިބި އެއްބައިވަންތަކަން ދެމެހެއްޓުމަށް މަގުފަހިވެގެންދާނެ ކަމަށް އެމްޓީސީސީއިން ބުނެފައިވެ އެވެ.
ޅ. ނައިފަރު މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޑރ. އަބްދުﷲ ރާފިއު މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)
