ތިން މަސްތެރޭ 447 ތަމްރީން ޕްރޮގްރާމެއް އެމްއޭސީއެލް އިން ހިންގައިފި

Advertisement

އެންމެ ފަސް

Advertisement

މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި މުވައްޒަފުންނަށް 447 ތަމްރީން ޕްރޮގްރާމެއް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިިން ހިންގައިފި އެވެ.

އެމްއޭޭސީއެލް އިން ބުނި ގޮތުގައި މި ތަމްރީން ޕްރޮގްރާމްތަކަކީ އެ ކުންފުނީގަ މަސައްކަތްކުރާ މުވައްޒަފުންނަކީ ހުނަރުވެރި އަދި ގާބިލު ބައެއްކަން ކަށަވަރު ކުރުމަށް, ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ލާނިން އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުން މި އަހަރުގެ ތިންވަނަ ކުއާޓާގައި ހިންގި ޕްރޮގްރާމްތަކެވެ.

އެގޮތުން، މިދިޔަ ތިން މަސް ތެރޭގައި ހިންގި ތަމްރީން ޕްރޮގްރާމްތަކުގައި 7,773 ބައިވެރިން ބައިވެރިވެފައިވެ އެވެ. މި ތަމްރީން ޕްރޮގްރާމްތަކުގައި ކިޔަވައިދީފައިވަނީ އެމްއޭސީއެލްގެ ޓްރެއިނަރުންނެވެ.

މީގެ އިތުރުން، އެމްއޭސީއެލްގެ އޮޕަރޭޝަންސްތަކާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މުހިންމު ސަރަހައްދުތަކާއި އެމްއޭސީއެލް އިން ލިބެން ހުރި ވަޒީފާގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ސްކޫލް ދަރިވަރުންނަށް ދިނުމުގެ ހަތަރު ޓުއާއެއް މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ވަނީ ކުރިއަށް ގެންގޮސްފައިވާ ކަމަށް އެމްއޭސީއެލްއިން ބުނެފައިވެ އެވެ.

މި ޓުއާތަކުގައި 273 ދަރިވަރުން ބައިވެރިވެފައިވާ ކަމަށްވެސް އެމްއޭސީއެލްއިން ބުނެފައިވެ އެވެ.

އެމްއޭސީއެލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ