އޮޅުވެލިފުށީގައި ފަސް މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށައިފި

Advertisement

އެންމެ ފަސް

Advertisement

ޅ. އޮޅުވެލިފުށީގައި ފަސް މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މި މަޝްރޫއުތައް އަމަލީ ގޮތުން ފަށާފައިވަނީ ރައީސް މިހާރު ޅ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި މަޝްރޫއުތައް އަމަލީ ގޮތުން ފެށުމަށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތުތައް ޝަރަފްވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

އެ ރަށު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ފައްޓަވައިދެއްވާފައިވާއިރު ކީރިތި ގުރުއާނާއި ބެހޭ މަރުކަޒުގެ ގޮތްޕެއް ގާއިމްކުރުމުގެ މަސައްކަތް ފައްޓަވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދެވެ. ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ހަށިހެޔޮކަމާބެހޭ ވަޒީރު އަބްދުﷲ ރާފިއު ފައްޓަވައިދެއްވާފައިވާއިރު ކައުންސިލް އިދާރާގެ އާ އިމާރާތް ގާއިމް ކުރުމުގެ މަސައްކަތް ފައްޓަވައިދެއްވީ ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ. އަދި ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.

ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކޮށްފައިވާއިރު ފުލުހުންގެ މަރުކަޒާއި ކީރިތި ގުރުއާނާއި ބެހޭ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކަ އާއި އެވެ.

މި ރަސްމިއްޔާތުތަކުގައި ކުރެންދޫ ދާއިރާގެ މެންބަރު، ބައެއް މިނިސްޓަރުންނާއި ސަރުކާރު ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން އެ ރަށުގެ ކައުންސިލް، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ، މުވައްސަސާތަކުގެ އިސްވެރިން އަދި ރައްޔިތުންނާ ރައީސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

ރައީސް މި ކުރައްވާ ދަތުރުފުޅަކީ ދެ ދުވަހުގެ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޅ. އޮޅުވެލިފުށި މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ