އޮމަދޫ ބަނދަރު ހެދުމުގެ މަޝްރޫޢަށް ބޭނުންވާ ހިލަ ގެންގޮސްފި

Advertisement

އެންމެ ފަސް

Advertisement

އދ. އޮމަދޫ ބަނދަރު ހެދުމުގެ މަޝްރޫޢަށް ބޭނުންވާ ހިލައިގެ ފުރަތަމަ ޝިޕްމަންޓް އެރަށަށް ގެންގޮސްފައިވާ ކަމަށް މޯލްޑިވްސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ހާމަކޮށްފިއެވެ.

އެމްޓީސީސީން ބުނީ މިވަގުތު މަޝްރޫޢުގެ ދަށުން ކުރިއަށްދަނީ ކުއޭ ވޯލް އެޅުމަށް ބޭނުންވާ ކޮންކްރީޓް ކްލޮކްތައް ހަރުކުރުމުގެ މަސައްކަތް ކަމަށެވެ.

72 މިލިއަން ރުފިޔާގެ މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގައެވެ. މި މަޝްރޫޢު ނިންމުމަށް ދީފައިވަނީ 630 ދުވަހުގެ މުއްދަތެކެވެ.

މި މަޝްރޫޢުގެ ދަށުން ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި ބަނދަރު ފުންކުރުމާއި، ޕޭވްމަންޓް ހެދުމާއި، ބްރޭކްވޯޓަރ ހެދުމާއި، ރިވެޓްމަންޓް ހެދުމާއި، އެއްގަމު ފާރު އެޅުމާއި، ބަނދަރު ބައްތި ހަރުކުރުން ހިމެނެއެވެ.

އޮމަދޫގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢު ނިމުމުން އެރަށުގެ ރައްޔިތުންނަށް ލިބޭނެ ފަސޭހަތަކުގެ އިތުރުން، އެރަށުގެ އިގްތިސާދީ ހަރަކާތްތަކަށް ވެސް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

އދ. އޮމަދޫ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ