ހިތްފަސޭހަ ހުޅުމާލެ: ހުޅުމާލޭގެ ދުވާރުމަތީގައި ބަހައްޓާފައިވާ ގޮނޑިމޭޒު ނަގަން ފަށައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ހިތްފަސޭހަ ހުޅުމާލެ ކެންޕެއިނުގެ ދަށުން، ހުޅުމާލޭގެ އެކި ސަރަހައްދުތަކުގެ ދުވާރުމަތީގައި ބަހައްޓާފައިވާ ގޮނޑިއާއި މޭޒު، އަދި ބިޔަވާ ޒާތުގެ ގަސްތައް ނެގުމުގެ މަސައްކަތް އެޗްޑީސީއިން ފަށައިފި އެވެ.

މިއަދު ފެށުނު މި މަސައްކަތް ކުރިއަށް ގެންދާ މައިގަނޑު މަގްސަދަކީ، ހުޅުމާލޭގެ މަގުތަކުގެ ދުވާރުތަކުގައި ބަހައްޓާފައި ހުންނަ ގޮނޑިތަކާއި މޭޒުތަކުގެ ސަބަބުން ދުވާރުން ހިނގާ މީހުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމަށް ކަމަށްވެސް އެޗްޑީސީއިން ބުނެފައިވެ އެވެ.

މީގެ އިތުރުން، ހެޖުތަކުގެ ތެރޭގައި އިންދާފައިވާ ބިޔަ ގަސްތަކުގެ ސަބަބުން ހުޅުމާލޭގެ މަގުތަކަށް ޖަމާވާ ފެން ހިންދުމަށް ދަތިވެ، މަގުތަކުގައި ފެންބޮޑުވުމާއި ތާރުގަނޑު ހަލާކުވުން ފަދަ މައްސަލަތައް ދިމާވާތީ އެކަމަށް އެކަށީގެންވާ ހައްލެއް ގެނައުން ކަމަށްވެސް އެޗްޑީސީއިން ބުނެފައިވެ އެވެ.

12 ޒޯނަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ސަބަބުން ހުޅުމާލޭގެ މަގުތަކުގެ ދުވާރު ބޭނުންކުރާ ފަރާތްތަކަށް ފަސޭހަވެގެންދާނެ އެވެ.

މި ހަރަކާތް ކުރިއަށް ގެންދަނީ އެޗްޑީސީ އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަދި ހުޅުމާލެ ޕޮލިސް ގުޅިގެންނެވެ.

އެޗްޑީސީން ކުރިއަށްގެންދާ ”ހިތްފަސޭހަ ހުޅުމާލެ“ ކެމްޕެއިންގެ ދަށުން އިތުރު ގިނަ މަސައްކަތްތަކެއް މުސްތަގުބަލުގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެފައިވެ އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހުޅުމާލެ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ