ޖިނާއީ މައްސަލަތަކުގެ ލިޔެކިއުންތައް ނައްތާލެވޭ މުއްދަތު 1 އަހަރަށް ކުރުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ޖިނާއީ މައްސަލަތަކުގެ ތަހުގީގު ނިމި ދައުވާ އުފުލޭ މިންވަަަަރަށް ހެކި ލިބިފައިނުވާ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހުން ނިންމައިފި ނަމަ އަހަރު ދުވަސް ތެރޭ އެ މައްސަލައެއްގެ ލިޔެކިއުންތައް ނައްތާލެވޭ ގޮތަށް ޕޮލިސް ރެކޯޑު ބެލެހެއްޓުމުގެ ގަވާއިދު އިސްލާހުކޮށްފި އެވެ.

ފޮލިސް ރެކޯޑް ބެެލެހެއްޓުމާއި ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު ބުނާ ގޮތުން، ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކާ ގުޅޭ ލިޔެކިޔުންތަކާއި އެއްކުރާ ލިޔެކިޔުންތައް ކަނޑައެޅޭ ނިޒާމުގެ ތެރެއިން ރައްކާކޮށް، ބަލަހައްޓަންވާނެ އެވެ.

އެ ލިޔެކިއުންތައް ރައްކާކުރަންޖެހޭ މުއްދަތަކީ:

  • ޖިނާއީ ބޮޑު ކުށެއް ނުވަތަ ޖިނާއަތުގެ ދަރަޖައިގެ ކުށް ހިމެނޭ މައްސަލަތައް – 8 އަހަރަށް
  • ޖުނަހުގެ ދަރަޖައިގެ ކުށް ހިމެނޭ މައްސަލަތައް – 3 އަހަރަށް
  • ދައުވާކުރަން ފޮނުވާފައިވާ މައްސަލައެއް ނަމަ، ޝަރީއަތުން ގޮތެއް ނިމެންދެން ނުވަތަ އިސްތިއުނާފުގެ މަރުހަލާތައް ނިމެންދެން

މަރުގެ މައްސަލަތަކާއި ރާވައިގެން ހިންގާ ބޮޑެތި މައްސަލަތަކާއި ޓެރަރިޒަމްގެ މައްސަލަތަކާއި ގައުމީ ސަލާމަތާ ގުޅުންހުރި މައްސަލަތަކާއި ތާރީހަށްޓަކައި ރައްކާކުރަންޖެހޭ ފަދަ މައްސަލަތަކުގެ ލިޔެކިޔުމާއި މައުލޫމާތު، އެ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތަށް ވުރެ އިތުރަށް ރައްކާކޮށް ބަލަހައްޓަންވާނެ ކަމަށް ވެސް ގަވާއިދު ބުނެ އެވެ.

މި ގަވާއިދަށް މިދިޔަ އަންގާރަ ދުވަހު ގެނައި އިސްލާހުގައި ވަނީ، އެ މުއްދަތު އަހަރުދުވަހަށް ކުރުކޮށް، އެ ގަވާއިދުގެ 21 ވަނަ މާއްދާގެ (ށ)ގެ ފަހަތަށް ދެ އަކުރު އިތުރުކޮށްފަ އެވެ.

މި އިސްލާހުގައިވާ ގޮތުން، ދައުވާ އުފުލޭ މިންވަރަށް ހެކި ނެތްކަމަށް ޕީޖީން ނިންމާ ހާލަތުގައި އެ މައްސަލައިގެ ލިޔުންތައް ނައްތާލެވޭނީ، އެފަަދަ ހެއްކެއް ފަހުން ވެސް ނުލިބޭނެ އެ މައްސަލަ ތަހުގީގުކުރި ފަރާތާއި އެ ފަރާތުގެ ސުޕަވައިޒަރަށް ގަބޫލުކުރެވޭކަން ބަޔާންކޮށް ލިއުމުން ހުށަަހަޅައިގެންނެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ