ޝަމްހީދާއި ފަލާހާ ދެމެދު ހިނގި ހަމަނުޖެހުމެއްގައި މައިކު ހަލާކުވި މައްސަލަ ސުލޫކީ ކޮމިޓީއަށް

Advertisement

އެންމެ ފަސް

Advertisement

ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުގެ މޭޒުގައި ހަރުކޮށްފައި ހުންނަ މައިކު ހަލާކުވި މައްސަލަ ބެލުމަށް އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ، ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދާއި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުއާ ދެމެދު ހިނގި ހަމަނުޖެހުމެއްގައި ފަލާހުގެ މޭޒުގައި ހަރުކޮށްފައިހުންނަ މައިކު ހަލާކުވެފައިވާ ކަމަށެވެ.

”އެ މައިކު ރިޕްލޭސްކުރަންޖެހޭތީ އެކަމުގެ އަގު ޖެހޭނެ، އެކަން ހިނގާދިޔަގޮތެއް ބަލާފަ ދައްކަވަން.“ ނާޒިމް ވިދާޅުވި އެވެ.

އެހެންކަމުން އެ މައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ފޮނުވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސުވާލަކަށް ޖަވާބުދެއްވިގޮތުން އެކަމާ ހިތްހަމަނުޖެހިގެން އެމްޑީޕީގެ މެންބަރުން ތަޅުމުގައި އަޑުގަދަކޮށްފައިވެ އެވެ. އަދި މިކަމުގެ ތެރެއިން ކެންދޫ ދާއިރާގެ މެންބަރު މައުރޫޒް ޒާކިރުގެ ނަންވެސް އިއްވާފައިވެ އެވެ.

މިފަހުން މީޑިއާ ބިލް ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބޭއްވި ބައްދަލުވުމެއްވެސް ހޫނުވެ މައިކެއް ހަލާކުވި އެވެ. އެ މައްސަލައިގައި އިމްތިޔާޒާއި ސުލޫކު ކޮމިޓީން ނިންމީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފް، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އަދި ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ސަމީރުގެ އަތުން އެކަމުގެ އަގު ނެގުމަށެވެ.

ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ރައްޔިތުންގެ މަޖިލިސް އިމްތިޔާޒާއި ސުލޫކު ކޮމިޓީ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ