ހައްޖު ކޯޕަރޭޝަންގެ މައްޗަށް މިނިސްޓްރީގެ ބާރު ހިނގާ ގޮތައް ބަދަލު ގެންނަންޖެހޭ: މިނިސްޓަރ ޝަހީމް

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މައްޗަށް އިސްލާމިކް މިނިސްޓްރީގެ ބާރު ހިނގާ ގޮތަށް ބަދަލު ގެންނަން ޖެހޭ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލަުތަކަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރ ޝަހީމް ވިދާޅުވީ، ޙައްޖު ކޯޕަރޭޝަންގެ ބޯޑުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މަންދޫބު ނުހިމެނޭ ގޮތަށް އެ ކޯޕަރޭޝަންގެ އުސޫލު މިދިޔަ ސަރުކާރުން ބަދަލު ކޮށްފައިވާ ކަމަށެވެ. އެހެންކަމުން، މިހާރު އިސްލާމިކް މިނިސްޓްރީގެ ދައުރު ހައްޖު ކޯޕަރޭޝަންގައި ނޯންނަކަމަށްވެސް މިނިސްޓަރ ޝަހީމް ވިދާޅުވި އެވެ.

މިއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި، އިސްލާމިކް މިނިސްޓްރީގެ ދައުރެއް އޮންނަ ގޮތަށް ގާނޫނަކުން ހައްޖު ކޯޕަރޭޝަން އުފެދެންޖެހޭ ކަމަށާއި، ހައްޖު ކޯޕަރޭޝަންގެ ގާނޫނެއް ހެދުމުގެ މަސައްކަތް މިހާރު ކުރައްވަމުން އަންނަ ކަމަށް މިނިސްޓަރ ޝަހީމް ވިދާޅުވި އެވެ.

”މިއީ ރަނގަޅު ކަމެއްނޫން، މިކަމުގެ އަސާސީ ގަވާއިދު ބަދަލުކުރަންޖެހޭ. މިދިޔަ ސަރުކާރުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ބޯޑުން ވަކިކުރުން ކުށްވެރިކުރަން، އަޅުގަނޑުމެން ބޭނުންވަނީ ހައްޖުގެ ކަންކަން ކޮންމެ ސަރުކާރެއްގައި ވެސް ރަނގަޅަށް ހިނގާނެ ގޮތަށް ތަރުތީބުވާނެ ގޮތަށް ހެދުން.“

މިނިސްޓަރ ޝަހީމް ވިދާޅުވީ، ހައްޖު ކޯޕަރޭޝަން އުފައްދާފައި ވަނީ ވަރަށް މާތް މަގުސަދެއްގައި ކަމަށެވެ.

މީގެއިތުރުން ރައްޔިތުންނަށް ލުއިފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދީ، ލުއި އަގެއްގައި ހައްޖަށް ދެވޭނެ މަގު ތަނަވަސްކޮށްދިނުމަށް މަސައްކަތްކުރަންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

ހައްޖު ކޯޕަރޭޝަން ރައްޔިތުންގެ މަޖިލިސް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ