މާވަށު ސުކޫލް އިމާރާތާ، ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ލ. މާވަށު ސްކޫލަށް އިތުރުކުރެވޭ އިމާރާތާއި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ސަރުކާރުން ހަވާލުކޮށްފި އެވެ.

މި ދެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ލ. އަތޮޅަށް ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިންނެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރުމިގެ ރަސްމިއްޔާތު ބޭއްވިފައިވަނީ ލ. މާވަށު ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭއްވުނު ރަސްމިއްޔާތުގަ އެވެ.

ސްކޫލް އިމާރާތުގެ އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ޑރ. އިސްމާއިލް ޝަފީއު ސޮއިކުރެއްވިއިރު، ބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުއްތަލިބެވެ. އެމްޓީސީސީގެ ފަރާތުން މި ދެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ ރިޓަޔާޑް އަހުމަދު ސައުދީ އެވެ.

މާވަށު ސްކޫލަށް އަލަށް އިތުރުކުރެވޭ އިމާރާތުގައި 9 ކްލާސްރޫމާއި، ލައިބްރަރީ އަދި ލެބޯޓްރީގެ އިތުރުން ސްކޫލުގެ ވަށާފާރު ވެސް ހިމެނެ އެވެ. ބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 23.4 މިލިއަން ރުފިޔާއަށެވެ. މި މަސައްކަތް 300 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެއިތުރުން، މާވަށުގައި 10 ޓަނުގެ އައިސް ޕްލާންޓަކާއި 20 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓީއެއް ގާއިމުކުރުމުގެ އެއްބަސްވުމުގައިވެސް ސޮއިކުރެވުނެވެ. މި އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން މިނިސްޓަރު އަހުމަދު ޝިޔާމް ސޮއިކުރެއްވިއިރު، މިފްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް ޔުނިޓްގެ މެނޭޖަރު މުހައްމަދު ޝަމީމެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ލ. މާވަށް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ