މިނިސްޓަރ އެދިވަޑައިގަތުމުން ތިން ރަށެއްގައި 60 ރުއް އިންދައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގެ ރަށްތަކުގައި ދިވެހި ރުއް އިންދުމަށް އެގްރިކަލްޗަރ މިނިސްޓަރ ޑރ. މަރިޔަމް މާރިޔާ ކުރެއްވި އިލްތިމާސްއާ ގުޅިގެން، މިހާތަނަށް ތިން ރަށެއްގައި 60 ރުއް އިންދާފައިވާ ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފިއެވެ.

މިނިސްޓަރ މި އިލްތިމާސް ކުރެއްވީ ރާއްޖޭގެ 60 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ހުޅުމާލޭގައި 60 ރުއް އިންދުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. އެގްރިކަލްޗަރ މިނިސްޓްރީން ވަނީ މި އިލްތިމާސް ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކަށް ފޮނުވާފައެވެ.

މިނިސްޓްރީން ހާމަކުރި ގޮތުގައި، މިހާތަނަށް ލ. ފޮނަދޫ، ގދ. މަޑެވެލި އަދި ކ. ކާށިދޫގައި ވަނީ ރުއް އިންދުމުގެ މަސައްކަތް ފަށައި، 60 ރުއް އިންދާފައެވެ. އަދި އިތުރު ރަށްތަކުގައިވެސް މި މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީން ފާހަގަކުރި ގޮތުގައި، ރާއްޖެއަށް ދިމާވެފައިވާ ކާށީގެ ދަތިކަމުން އަރައިގަތުމަށް ރުއް އިންދާ އާލާކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ރުކުގެ ބައިތަކާއި އޭގެން ލިބޭ ކާނާގެ ބާވަތްތައް ބޭނުންކޮށްގެން ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރެވިދާނެ ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މި މަސައްކަތަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށާއި، ރުކުގެ އުފެއްދުންތައް އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި މިނިސްޓްރީން ދެކޭ ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ