ކަންބޮޑުވާ ދެކަމެއް އޮތްނަމަވެސް މިދިޔަ އަހަރު ސްޓެލްކޯގެ މާލީ ހިސާބުތައް ވަރަށް ރަނގަޅު: އޮޑިޓް ރިޕޯޓް

Advertisement

އެންމެ ފަސް

Advertisement

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން 2024 ވަނަ އަހަރު ނިމުނުއިރު 181 މިލިއަން ރުފިޔާގެ ސާފު ފައިދާ ހޯދައިފި އެވެ.

ސްޓެލްކޯއަށް 2023 ވަނަ އަހަރު 171 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާއިރު، 2024 ވަނަ އަހަރު 181 މިލިއަން ރުފިޔާގެ ފައިދާ ވެފައިވާކަމަށް މާލީ ހިސާބުތަކުން ދައްކާއިރު މިއީ 353 މިލިއަން ރުފިޔާގެ ކުރިއެރުމެކެވެ. މީގެ އިތުރުން، ކުންފުނީގެ އާމްދަނީވެސް 2.7 ބިލިއަން ރުފިޔާއިން 3.2 ބިލިއަން ރުފިޔާއަށް އިތުރުވެފައިވެ އެވެ. އަދި ހިންގުމުގެ ފައިދާވެސް 64.5 މިލިއަން ރުފިޔާގެ ގެއްލުމުން 200 މިލިއަން ރުފިޔާގެ ފައިދާއަށް ބަދަލުވެފައިވެ އެވެ.

ސްޓެލްކޯއިން ބޮޑު ފައިދާއެއް ހޯދި ނަމަވެސް 2 ބިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާގެ ހިސާބުތަކާއި ލިޔެކިޔުންތަކުގައި މައްސަލަތަކެއް ހުރިކަމަށް ފާހަގަކޮށް، އޮޑިޓަރ ޖެނެރަލް ވަނީ ކޮލިފައިޑް އޮޕީނިއަނެއް ދެއްވާފަ އެވެ.

އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުގައި ކޮލިފައިޑް އޮޕީނިއަނެއް ދިނުމުގައި މައިގަނޑު ދެ ކަމެއް ފާހަގަކުރައްވާފައިވެ އެވެ. އެގޮތުން، 4 ވަނަ ޕަވަރހައުސް މަޝްރޫޢުއާ ގުޅޭ 1.28 ބިލިއަން ރުފިޔާގެ ލޯނުގެ އެއްބަސްވުމާއި، މިނިސްޓްރީ އޮފް ފިނޭންސްގެ ބެލެންސް ކޮންފަރމޭޝަން ހުށަހަޅާފައި ނުވާކަން ފާހަގަކުރައްވާފައިވެ އެވެ.

މީގެއިތުރުން، މިނިސްޓްރީ އޮފް ފިނޭންސްއިން ނަގާފައިވާ އިންޓަރެސްޓް-ފްރީ ލޯނުތަކުގެ ތެރެއިން 768 މިލިއަން ރުފިޔާގެ ލޯނުތަކެއް އައިއެފްއާރްއެސް 9 އާ އެއްގޮތަށް ހިސާބުކުރެވިފައި ނުވާކަންވެސް ފާހަގަކުރައްވާފައިވެ އެވެ.

އޮޑިޓްގައި އެންމެ މުހިންމު ދެ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، ކުންފުނީގެ ޖުމްލަ އެސެޓްތަކުގެ 70 އިންސައްތަ ހިއްސާކުރާ 4.4 ބިލިއަން ރުފިޔާގެ ޕްރޮޕަރޓީ، ޕްލާންޓް އެންޑް އިކުއިޕްމަންޓް (ޕީޕީއީ) އާއި، ކުންފުނީގެ ޖުމްލަ އާމްދަނީގެ 94 އިންސައްތަ ހިއްސާކުރާ ކަރަންޓުގެ ޚިދުމަތުން ލިބޭ އާމްދަނީގެ ހިސާބުތަކެވެ.

އޮޑިޓާ ޖެނެރަލް އޮޑިޓް ރިޕޯޓު ސްޓެލްކޯ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ