މިލަންދޫ ބަނދަރަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް ސައިޓަށް ގެންގޮސްފި

Advertisement

އެންމެ ފަސް

Advertisement

ށ. މިލަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް އެ ރަށަށް ގެންގޮސްފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

76.44 މިލިއަން ރުފިޔާގެ މި މަޝްރޫ މޮބިލައިޒް ކުރެވުނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ 10 ވަނަ ދުވަހު އެވެ. މި މަޝްރޫގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފަ އެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫގެ ދަށުން 96,700 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމުގެ މަސައްކަތް ކުރެވޭނެ އެވެ. އަދި 583 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 93 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްވެސް ހިމެނެ އެވެ.

މީގެއިތުރުން، 311 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 3,789 އަކަ މީޓަރުގެ ސަރަޙައްދެއްގައި ކޮންކްރީޓް ޕޭވްމަންޓް ޖެހުމުގެ މަސައްކަތްވެސް މި މަޝްރޫގެ ދަށުން ކުރިއަށް ގެންދެވޭނެ އެވެ.

ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫގެ ދަށުން ބަނދަރު ބައްތިއާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނޭކަމަށް އެމްޓީސީސީން ފާހަގަކޮށްފައިވެ އެވެ. މި މަޝްރޫ ނިމުމުން މިލަންދޫގެ ބަނދަރުގެ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ އެވެ.

ށ. މިލަންދޫ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ