ފެރިދޫ ބަނދަރުގެ ޕޭވްމަންޓާއި ކީވޯލްގެ މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

Advertisement

އެންމެ ފަސް

Advertisement

އއ. ފެރިދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ތެރެއިން ޕޭވްމަންޓާއި ކީވޯލްގެ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ޖެޓީ ހެދުމުގެ މަސައްކަތް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

47.04 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ ތެރޭގައި 23,579 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުމާއި، 7,848 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމުގެ މަސައްކަތް ހިމެނެ އެވެ.

މީގެއިތުރުން، 4,268 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 47 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 213 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެ އެވެ.

މަޝްރޫޢުގެ މުހިންމު މަސައްކަތްތަކުގެ ތެރޭގައި 403 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ރޭމްޕެއް ހެދުމާއި، 12 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމާއި، 80 މީޓަރު ދިގު ދެ މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުން ހިމެނެ އެވެ. އަދި 2,481 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެ އެވެ.

މި މަޝްރޫޢު ނިމުމުން ފެރިދޫގެ ރައްޔިތުންނަށް ޒަމާނީ ފެންވަރުގެ ބަނދަރެއްގެ ޚިދުމަތް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ފާހަގަކޮށްފައިވެ އެވެ.

އއ. ފެރިދޫ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ