ރައީސް ލ. އަތޮޅަށް ވަޑައިގަންނަވައިފި

Advertisement

އެންމެ ފަސް

Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅަށް ވަޑައިގަންނަވައިފި އެވެ.

ލ. އަތޮޅަށް ރައީސް ފުރާވަޑައިގެންނެވީ މިއަދު ހެނދުނު އެވެ. މިއީ ތިން ދުވަހުގެ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

މިދަތުރުފުޅުގައި ރައީސް މުއިއްޒު އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ، ލ. މާވަށަށެވެ. އެރަށުން ރައީސްއަށް ހޫނު މަރުހަބާއެއް ކިޔާފައިވެ އެވެ.

ރައީސްގެ މިދަތުރުފުޅުގައި ލ. އަތޮޅުގެ 11 ރަށަކަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށާއި އެގޮތުން އެ އަތޮޅުގެ އިސްދޫ، ކަލައިދޫ، ދަނބިދޫ، މާބައިދޫ، މުންޑޫ، ގަން، މާވަށް، ފޮނަދޫ، މާމެންދޫ، ހިތަދޫ، އަދި ކުނަހަންދޫއަށް ޒިޔާރަތް ކުރަައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

އެގޮތުން އެ ރަށްރަށަށް ވަޑައިގެން އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވެއެވެ. އަދި އެ ރަށްރަށުގެ ރައްޔިތުންނާވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ