ކެރަމް ވޯލްޑް ކަޕް އިސްތިހާރު ކުރުމުގެ ގޮތުން ފޮޓޯގްރަފީ މުބާރާތެއް ބާއްވަނީ

Advertisement

އެންމެ ފަސް

Advertisement

ހަތްވަނަ ކެރަމް ވޯލްޑް ކަޕް އިސްތިހާރުކުރުމުގެ ގޮތުން ”ކެރަމް އިން ފްރޭމްސް“ ނަމުގައި ފޮޓޯގްރަފީ މުބާރާތެއް ބާއްވަން ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސީއޭއެމް) އިން ނިންމައިފިއެވެ.

ސީއޭއެމް އިން މި މުބާރާތް އިއުލާނުކުރުމަށްފަހު ބުނީ، އަންނަ ޑިސެންބަރު މަހު ރާއްޖޭގައި ބާއްވާ ކެރަމް ވޯލްޑް ކަޕްގެ ކުރިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންގެ މެދުގައި ކެރަމް އަށް އޮތް ލޯބި ދައްކުވައިދިނުމަށް ފުރުސަތު ދިނުމުގެ ގޮތުން ހުޅުވާލި ފޮޓޯގްރަފީ މުބާރާތުގައި ބައިވެރިވުމަށް ކޮންމެހެން ޕްރޮފެޝަނަލް ފޮޓޯގްރާފަރަކަށް ވާން ނުޖެހޭ ކަމަށެވެ. އަދި މި މުބާރާތުގައި ރާއްޖޭގައި ދިރިއުޅޭ ހުރިހާ ގައުމެއްގެ ރައްޔިތުންނަށް ވެސް ބައިވެރިވެވޭނެ ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

”ކެރަމް އިން ފްރޭމްސް“ ނަމުގައި ކުރިއަށްގެންދާ ފޮޓޯގްރަފީ މުބާރާތުގެ މައިގަނޑު މަގުސަދަކީ، ކެރަމްގެ ރޫހާއި، އެ ކުޅިވަރަށް އޮތް ލޯބި ކެމެރާގެ ލެންސްގެ ޒަރިއްޔާއިން އާއްމުންނާ ހަމައަށް ގެނެސްދިނުން ކަމަށް ވެސް ކެރަމް އެސޯސިއޭޝަނުން ބުނެފައިވެއެވެ. މީގެއިތުރުން، މި މުބާރާތުގައި ބައިވެރިވުމަށް ފޮނުވާ ފޮޓޯ އަކީ، ކޮންމެހެން ކެމެރާއަކުން ނަގާފައިވާ ފޮޓޯއަކަށް ވާން ނުޖެހޭ ކަމަށާއި، ސްމާޓް ފޯން ބޭނުންކޮށްގެން ނަގާ ފޮޓޯ ވެސް ބައިވެރިކުރެވޭނެ އެވެ.

މި މުބާރާތުގައި ބައިވެރިވެވޭނީ ”ކެރަމް އިން ފްރޭމްސް“ ގެ ތީމަށް ފެތޭ ގޮތަށް ވަކިވަކިން ތަފާތު ފަސް ފޮޓޯއެއް ފޭސްބުކް ނުވަތަ އިންސްޓަގްރާމްގައި ޕޯސްޓްކޮށްގެންނެވެ. އެގޮތުން، ފޮޓޯ ޕޯސްޓުކުރާއިރު #CarromInFrames,  #CarromWC2025,  #CarromWorldCup ހޭޝްޓެގާއެކު ކެރަމް ވޯލްޑް ކަޕް @carromworldcup  އަދި ކެރަމް އެސޯސިއޭޝަން @carrom_mv ގެ ސޯޝަލް މީޑިއާ އެކައުންޓް ޓެގު ކުރުމަށް އެސޯސިއޭޝަނުން ވަނީ އިރުޝާދުދީފައެވެ.. އަދި، މި ދެ އެކައުންޓް ވެސް އިންސްޓަގްރާމް އަދި ފޭސްބުކްގައި ފޮލޯ ކުރަންޖެހޭނެ ކަމަށްވެސް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

މި މުބާރާތަށް ހުށަހަޅާ ފޮޓޯތައް ވަޒަންކޮށް މާކްސްދިނުމުގެ މިންގަނޑު ތެރޭގައި، ފޮޓޯގެ ފަންނީ ފެންވަރު، ކޮމްޕޮޒިޝަން އާއި ލައިޓިންގެ އިތުރުން ފޮޓޯއިން ބުނެދޭ ނުވަތަ ދައްކުވައިދޭ މެސެޖު/އަސަރު އަދި މުބާރާތުގެ ތީމާ ގުޅޭ މިންވަރު ހިމެނޭ ކަމަށް ކެރަމް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ. އަދި، މި ހުރިހާ ފޮޓޯއަކީ ވެސް މިއަހަރުގެ ތެރޭގައި ރާއްޖޭގައި ނަގާފައިވާ ފޮޓޯއަކަށް ވާން ޖެހޭނެ އެވެ.

މި މުބާރާތުގައި އެއްވަނަ، ދެވަނަ އަދި ތިންވަނައިގެ އިތުރުން އެންމެ މޮޅު 10 ފޮޓޯ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މީގެތެރެއިން، އެންމެ މޮޅު 10 ފޮޓޯގެތެރޭގައި ހިމެނޭ ފޮޓޯތައް އާއްމުންނަށް ފެންނާނެހެން ބެހެއްޓިގެންދާނެ އެވެ.

މުބާރާތުގައި ބައިވެރިވެ ފޮޓޯ ހުށަހެޅުމުގެ ސުންގަޑިއަކީ، އަންނަ ނޮވެންބަރު މަހުގެ 16 ވާ އާދީއްތަ ދުވަހުގެ ރޭގަނޑު 11:00 އެވެ.

ކެރަމް ވޯލްޑް ކަޕް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ