ރާއްޖޭގެ ބުކް އޮފް ރެކޯޑްސް ލޯންޗުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ރާއްޖޭގެ ބުކް އޮފް ރެކޯޑްސް ލޯންޗުކޮށްފި އެވެ.

ބުކް އޮފް ރެކޯޑްސް ލޯންޗް ކޮށްފައިވަނީ، އޮކްޓޯބަރު 3 ގައި ފާހަގަކުރާ ގައުމީ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެންނެވެ. މި މަސައްކަތުގެ ދަށުން، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ތަފާތު ރެކޯޑުތައް ގާއިމްކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތައް ބަލާލައި ތަފާތު ތަޖުރިބާތަކެއް ކުރުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށް ވީއެމްސީއިން މައުލޫމާތުދީފައިވެ އެވެ.

ވީއެމްސީއިން ބުނެފައިވަނީ މިއީ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ސަގާފަތް  އާލާކޮށް، ދިވެހިންގެ ހުނަރުވެރިކަން ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ފެށި ގައުމީ ފެންވަރުގެ މަސައްކަތެއް ކަމަށެވެ.

މިކަމާ ގުޅޭގޮތުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހީމް ޝިއުރީ ވިދާޅުވީ، ރާއްޖޭގެ ބުކް އޮފް ރެކޯޑްސް ރަމްޒުކޮށްދެނީ ފަތުރުވެރިކަމުގެ އާ ސަފްހާއެއް ކަމަށާއި، މިކަމުގެ ސަބަބުން ދިވެހިންނާއި ރާއްޖޭގެ އެކި ލަނޑުދަނޑިތައް ޝައުގުވެރި އަދި ނަމޫނާ ތަފާތު ހަނދާންތަކަކަށް ވެގެންދާނެކަމަށެވެ.

ކުރިއަށް އޮތް ތަނުގައި ބުކް އޮފް ރެކޯޑްސްގައި އާ ކާމިޔާބީތާއި ވާހަކަތައް ޝާއިއުވެގެން ދާނެ ކަމަށް ވީއެމްސީން ބުނެފައިވެ އެވެ.

ބުކް އޮފް ރެކޯޑްސްގައި މީހުންގެ އެކި ހުނަރުތަކުގެ އިތުރުން ރާއްޖޭގެ އެންމެ ބޮޑު ފަޅާއި، އެންމެ ދުވަސްވީ މިސްކިތާއި، އެންމެ ފުން ޑައިވް ޕޮއިންޓުތައް ގޮތުގައި ތަންތަނަށް ވެސް ލަގަބުތައްދީ ޝާއިއުކުރެވޭނެ ކަމަށް ވީއެމްސީން މައުލޫމާތުދީފައިވެ އެވެ. ބުކް އޮފް ރެކޯޑްސް މެދުވެރިކޮށް ދިވެހިންގެ ސަގާފަތާއި ތަރިކަ އަދި ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް ކުރަމުން އަންނަ މަސައްކަތްތައް ދައްކާލައި، ރިސޯޓްތަކުގެ އިތުރުން ދިވެހި ރަށްތަކަށާއި ފޮރުވިފައިވާ ތާރީހީ އެކި ބިނާތަކަށް ފަތުރުވެރިންގެ މެދުގައި އޮންނަ ޝައުގުވެރިކަން އިތުރުވެގެން ދާނެ ކަމަށްވެސް ބުނެފައިވެ އެވެ

ވިޒިޓް މޯލްޑިވްސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ