ވާވު އަތޮޅަށް ށްތެލްކޯގެ އައު އެމްޑީ: ހިދުމަތް އިތުރަށް ފުރިހަމަކުރަން މަޝްވަރާކޮށްފި

Advertisement

އެންމެ ފަސް

Advertisement

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ވ. އަތޮޅުގައި ހިދުމަތްދޭ ރަށްރަށުގައި ކަރަންޓުގެ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފި އެވެ.

ސްޓެލްކޯއިން މިއަދު ހާމަކުރި ގޮތުގައި، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަމާހު ރަޝީދު އާއި ކުންފުނީގެ އިސް ވެރިންގެ ޓީމެއް މި ހަފުތާ ބަންދުގައި ވަނީ ވ. އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކޮށްފަ އެވެ.

މި ދަތުރުގައި ސްޓެލްކޯގެ އިސްވެރިން ވަނީ ވ. ފެލިދޫ، ވ. ފުލިދޫ، ވ. ކެޔޮދޫ، ވ. ރަކީދޫ އަދި ވ. ތިނަދޫއަށް ޒިޔާރަތްކޮށް، އެ ރަށްރަށުގެ އިންޖީނުގެތަކުގެ ހާލަތު ބައްލަވާލައްވާފަ އެވެ. އަދި ކަރަންޓުގެ ހިދުމަތް އިތުރަށް ފުރިހަމަކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެ އެވެ.

ސްޓެލްކޯއިން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު މަތިކުރުމަކީ އެ ކުންފުނީގެ އަމާޒެއްކަން މި ދަތުރުން ފާހަގަކުރެވެ އެވެ. އަދި ރަށްރަށުގެ ކަރަންޓުގެ ހިދުމަތް އިތުރަށް ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަތުމަށް މި ދަތުރުން މަގުފަހިވެގެންދާނެ އެވެ.

ސްޓެލްކޯ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ