ބަންކަރިން ހިދުމަތުން 192 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވޭ: ސައީދު

Advertisement

އެންމެ ފަސް

Advertisement

އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ފެށިފަހުން މިހާތަނަށް 192 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އާމްދަނީ ލިބިފައިވާ ކަމަށް އިކޮނޮމިކް ޑެވެލޮޕްމެންޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، މި ހިދުމަތް ފެށިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ކަމަށާއި، މި ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާ ކަމަށެވެ.

”192،149،939 ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެސްޓީއޯ ގެ ތަފާސް ހިސާބުތަކުން އަޅުގަނޑުމެންނަށް ފޯރުކޮށްދިން މައުލޫމާތުން އެބަ ހާމަވޭ. އަދި 17,360,589.10 ޓެކުހެއް ދައްކާފައިވާ ކަން ފާހަގަވޭ،“ މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

މި ހިދުމަތުގެ ދަށުން ވިއްކާ ތެލުގެ 83 އިންސައްތައަކީ ލޯ ސަލްފާ ފިއުލް ކަމަށް ފާހަގަކުރައްވަމުން، މިނިސްޓަރު ސައީދު ވިދާޅުވީ މިއީ މީގެ ކުރިން ރާއްޖެއަށް ގެނެސް ބަންކަރު ކޮށްފައިވާ ބާވަތެއް ނޫން ކަމަށެވެ.

އެސްޓީއޯއިން މި ހިދުމަތް ފޯރުކޮށްދެމުން އަންނަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ގުޅިގެންނެވެ. މި ހިދުމަތް ދިނުމަށް އެސްޓީއޯއިން ތިން ބޯޓެއް ބޭނުންކުރަމުން އަންނަ ކަމަށާއި، އޭގެ ތެރޭގައި އެމްއެސްއެސް އިން އޮޕަރޭޓްކުރަމުން އަންނަ ވައިސީ ބެރިއާ ކިޔާ އުޅަނދާއި، 4،000 މެޓްރިކް ޓަނުގެ ތެޔޮ އުފުލޭ ބޯޓަކާއި 3،200 މެޓްރިކް ޓަނުގެ ތެޔޮ އުފުލޭ ބޯޓެއް ހިމެނެ އެވެ.

ބަންކަރިންގ ހިދުމަތް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ