ވަރަށް އަވަހަށް ޑިވެލޮޕްމެންޓް ބޭންކު އޮޕަރޭޝަނަލައިޒް ވެގެންދާނެ: ސައީދު

Advertisement

އެންމެ ފަސް

Advertisement

ވަރަށް އަވަހަށް ދިވެހި ރާއްޖޭގެ ޑިވެލޮޕްމަންޓް ބޭންކު އޮޕަރޭޝަނަލައިޒް ވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ސައީދު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. ޑިވެލޮޕްމަންޓް ބޭންކު ގެ ހިދުމަތް ދޭން ފަށަން ސަރުކާރުން ކަނޑައެޅި ތާރީހު ފަހަނަ އަޅައި ދިޔަ އިރުވެސް އަދި ހިދުމަތް ނުދެވި ވާތީ ހިދުމަތް ފެށޭނެ ދުވަހެއް އެނގިލައްވާތޯ ސުވާލުކުރެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އެވެ.

މި ސުވާލުގެ ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ މީގެ ކުރިން ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ހެދިފައި ނުވާ ކަމަށާއި މިއީ އާންމު ބޭންކުތަކާއި ތަފާތު ބޭންކެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި ބޭންކަކީ ކޮންމެ އާންމު ރައްޔިތުން އެކައުންޓެއް ހުޅުވައިގެން ޑޭ އިން ޑޭ އައުޓް ފައިސާ ނަގާ ކަހަލަ ބޭންކެއް ނޫން ކަމަށެވެ. މިއީ ރާއްޖޭގެ ތަރައްގި އަށް ބޭނުންވާ ފައިސާ ހޯދައިގެން ދިވެހި ރާއްޖޭގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އެކުލަވާލި މުހިންމު ނިޒާމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ބޭންކުގެ މަސައްކަތްތައް ބާރަށް ކުރިއަށް ދާ ކަމަށެވެ.

”އަޅުގަނޑުމެން އަންދާޒާ ކުރި ގޮތަށް ކުރިއަށް އެބަދޭ ވަރަށް ބާރު ސްޕީޑްގަ އެބަދޭ ކުރިއަށް. ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ޑިވެލޮޕްމެންޓް ބޭންކު އޮޕަރޭޝަނަލައިޒް ވެގެންދާނެ“ ސައީދު ވިދާޅުވި އެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ބޮޑު ދަރަންޏަކާ ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. ވުމާއެކު އެހާލަތަށް ބަލާއިރު އޭރުގެ ރޭޓިން އާ ރާއްޖެ އޮތް ހިސާބަށް ބަލާއިރު ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީއަށް އިންވެސްޓްކޮށް، އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމަށް 2024 މެއި 16 ވަނަ ދުވަހު އުފެއްދެވި ބޭންކެކެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ