ޕޭޕާލް ގެނައުމުގެ މަސައްކަތް ބާރަށް ހަމަ ކުރިއަށްދޭ: މިނިސްޓަރު

Advertisement

އެންމެ ފަސް

Advertisement

ޕޭޕާލް ގެނައުމުގެ މަސައްކަތް ބާރަށް ހަމަ ކުރިއަށްދާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އޮންލައިން ވިޔަފާރިތައް ކުރައްވާ ބޭފުޅުންނަށް ޕޭޕާލްގެ ހިދުމަތް ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަން ފާހަގަކުރައްވައި މައުރޫފު ސުވާލުކުރެއްވީ އެ މަސައްކަތް ކުރިއަށްދޭތޯ އާއި ކުރިއަށްދާނަމަ މިހާރު އޮތް ހިސާބާ ގުޅޭ ގޮތުންނެވެ.

މި ސުވާލު ޖަވާބުގައި ސައީދު ވިދާޅުވީ ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށްޓަކާ އޮންލައިންކޮށް ފައިސާ ގެނެވޭނެ ގޮތް ގޮތާއި ޕޭމަންޓް ގޭޓްވޭ އެކްޓިވޭޓް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

”ދެން ހަމަ ރައްޔިތުންނަށް ކަންކަން ފަސޭހަވުމަށްޓަކާ އޮންލައިން ޕޭމަންޓްތައް، އޮންލައިންކޮށް ފައިސާ ގެނެވޭނެ ގޮތްގޮތް، ޕޭމަންޓް ގޭޓްވޭ އަދި އޮންލައިން އީވޮލެޓްތައް އެކްޓިވޭޓްކުރުމުގެ މަސައްކަތްތައް ހަމަ ބާރު ސްޕީޑްގަ އެބަ ކުރިއަށްދޭ. އޭގެތެރޭގައި ތި ވިދާޅުވާ ހުރިހާ އެއްޗެއްވެސް [ޕޭޕާލް ވެސް]ހިމެނޭނެ.“ ސައީދު ވިދާޅުވި އެވެ.

ރާއްޖެއަށް ބޭރުގެ ޕޭމަންޓު ގޭޓްވޭ ނިޒާމުތައް ތައާރަފްކުރުމަށްޓަކާ ޕޭޕާލް، އެމެޒޯން ޕޭ އަދި ގޫގުލް ޕޭ ގެނައުމަށް ރަސްމީކޮށް ހުށަހަޅާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުނީ މި އަހަރުގެ ޖެނުއަރީ މަހު ގައެވެ. ރާއްޖޭގައި މި ހިދުމަތް ދިނުމަށް ހުރި ދަތިތައް ހައްލުކުރުމަށް ސައީދު މިދިޔަ އަހަރުގެ އޮގަސްޓު މަހު އޮންލައިންކޮށް ޕޭޕާލް ގެ އިސްވެރިންނާ މަޝްވަރާ ކުރެއްވި އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ