ޖަލްސާގައި ބައިވެރިވާއިރު މެންބަރުން ޓައީ އަޅަންޖެހޭގޮތަށް މަޖިލީހުގެ ގަވައިދު އިސްލާހުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި މެންބަރުން ބައިވެރިވާއިރު ފިރިހެން މެންބަރުން ޓައީ އަޅަންޖެހޭ ގޮތަށް މަޖިލީހުގެ ގަވައިދު އިސްލާހު ކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް، މެންބަރުން ހެދުން އެޅުމުގެ އުސޫލެއް ހިމަނަން ހުށަހެޅުއްވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. މަޖިލިސް ރައީސް މިގޮތަށް ހުށަހެޅުއްވީ އެމްޑީޕީގެ ބައެއް މެންބަރުން މަޖިލީހުގެ ޖަލްސާތަކުގައި ޓައީ ނާޅާ ބައިވެރިވާތީ އެކަމާ ގުޅިގެންނެވެ. އެމްޑީޕީ މެންބަރުން ޓައީ ނާޅާ ޖަލްސާތަކުގައި ބައިވެރިވަނީ ވަޒީރުން މަޖިލީހަށް ހާޒިރުނުކޮށްދޭތީ އެކަމާ އިހުތިޖާޖުކުރުމުގެ ގޮތުންނެވެ.

އެގޮތުން މިއަދުގެ ޖަލްސާގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ވަނީ އާންމު ކޮމިޓީން ތައްޔާރުކޮށްފައިވާ އުސޫލަށް ދެ އިސްލާހެއް ހުށަހަޅުއްވާފަ އެވެ.

އެގޮތުން ހުށަހެޅުއްވި ފުރަތަމަ އިސްލާހަކީ، މަޖިލީހުގެ އާންމު ޖަލްސާތަކުގައި ބައިވެރިވެވޭނީ ފިރިހެން މެންބަރުން ކޯޓު ފަޓުލޫނާއި ޓައި، ގަމީހާއި ފަޓުލޫނާއި ޓައި ނުވަތަ ގައުމީ ހެދުމެއްގައި އަދި އަންހެން މެންބަރުން ރާއްޖޭގެ އާންމު އަދަބާ ހިލާފުނުވާ ގޮތަށް ހުންނަ ރަސްމީ ހެދުމެއްގައި ވަޑައިގަތުމުން ކަމަށެވެ.

ދެވަނަ އިސްލާހެއްގެ ގޮތުގައި ހުށަހެޅުއްވީ ރައީސް އާއި ނައިބު ރައީސް ހުވާކުރައްވާ ޖަލްސާގައި އަދި ރިޔާސީ ބަޔާން އިއްވަވާ ޖަލްސާގައި ފިރިހެން މެންބަރުން ކޯޓު ފަޓުލޫނާއި ޓައި ނުވަތަ ގައުމީ ހެދުމުގައި ބައިވެރިވާންޖެހޭނެ ކަމަށް އަދި އަންހެން މެންބަރުން ކޯޓު ފަޓުލޫނު ނުވަތަ ގައުމީ ހެދުމުގައި ބައިވެރިވާންޖެހޭނެ ކަމަށެވެ.

މި ދެ އިސްލާހުވެސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ފާސްކޮށްފަ އެވެ.

މި ގަވައިދާ ހިލާފުވާ މެންބަރުންނަށް މަޖިލީހުގެ ގަވައިދުގެ ދަށުން ފިޔަވަޅު އެޅޭނެ އެވެ. އަދި މި އިސްލާހު ފާސްކުރުމަށްފަހު މަޖިލީހުގެ ރައީށް އަބްދުއްރަހީމް އަަބްދުﷲ ވަނީ މަޖިލީހުގެ ގަވައިދަށް ހުރިހާ މެންބަރުންވެސް އިހުތިރާމްކޮށް އަމަލުކުރަންވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ