މާފަންނު ބޮޑުގެ މިސްކިތް އަންނަ ހުކުރު ދުވަހު ބަންދު ކުރަނީ

Advertisement

އެންމެ ފަސް

Advertisement

މާފަންނު ބޮޑުގެ މިސްކިތް އަންނަ ހުކުރު ދުވަހުގެ ހުކުރު ނަމާދަށްފަހު ބަންދުކުރުމަށްފަހު، އެތަނުގައި ހުރި ވަގުތީ މިސްކިތް ތަޅާލުމުގެ މަސައްކަތް ފަށާނެ ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވި ގޮތުގައި، ”އެތަނުގައިވާ ވަގުތީ މިސްކިތް ތަޅާލުމުގެ މަސައްކަތް ފެށުމަށްފަހު، އިންޝާ ﷲ ނޮވެމްބަރ 4 ވަނަ ދުވަހު އެތަނުގައި އާ ޒަމާނީ މިސްކިތުގެ ބިންގާ އަޅާނެ“ އެވެ.

އެ ތަނުގައި ގާއިމްކުރާ އައު މިސްކިތަކީ ތިން ފަންގިފިލާގެ ދާއިމީ މިސްކިތެކެވެ. މި މިސްކިތް ފަރުމާކޮށްފައިވަނީ ނަމާދުކުރުމުގެ އިތުރުން ދީނީ ޢިލްމު އުނގަންނައިދިނުމަށް ބޭނުންވާ ވަސީލަތްތައް ހިމެނޭގޮތަށެވެ. މީގެ ތެރޭގައި ޤުރްއާނުގެ ޢިލްމު އުނގަންނައިދެވޭނެ ކްލާސްރޫމްތަކާއި ލައިބްރަރީއެއް ހިމެނެއެވެ.

މިނިސްޓަރު ޑރ. ޝަހީމް އިތުރަށް ހާމަކުރެއްވި ގޮތުގައި، މިވަގުތު ރާއްޖޭގައި ކުރިއަށްދާ މިސްކިތްތަކުގެ 15 މަޝްރޫޢެއް އަންނަ ރޯދަ މަހާ ހަމައަށް ނިމި، ބޭނުންކުރަން ފެށޭނެއެވެ. އަދި މީގެ ތެރެއިން ބައެއް މިސްކިތްތައް މިހާރު ވަނީ ނިމި، ހަމައެކަނި ރަސްމީކޮށް ހުޅުވުން ބާކީ އޮތް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ