ސަރުކާރު ހަރަދުގައި ހައްޖަށް ފޮނުވާ 50 ހައްޖުވެރިން ހޮވައިފި

Advertisement

އެންމެ ފަސް

Advertisement

ސަރުކާރުގެ ހަރަދުގައި 1447 ވަނަ އަހަރު ހައްޖަށް ފޮނުވާ 50 ހައްޖުވެރިން ހޮވައިފި އެވެ.

ރައީސް ޑރ.މުހައްމަދު މުއިޒުގެ ވައުދާ އެއްގޮތަށް، ސަރުކާރުގެ ޚަރަދުގައި 1447 ވަނަ ހައްޖަށް ފޮނުވާ 50 ފަގީރުން ހޮވާފައިވަނީ އެކަމަށްޓަކައި މިއަދު އިސްލާމީ މަރުކަޒުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތުގަ އެވެ. އެ ފުރުސަތު ލިބޭ މީހުން ހޮވާފައިވަނީ ގުރުއަތުންނެވެ.

މިއަދު ގުރުއަތު ނަގާފައިވަނީ 1447 ވަނަ އަހަރު ސަރުކާރުގެ އެހީގައި ހައްޖަށް ފޮނުވާ 50 ފަގީރުންނާއި، އެއްވެސް ހާލަތެއް ދިމާވެގެން މީހަކު އުނިވެއްޖެނަމަ، ފުރުސަތުދޭނެ 25 މީހުންނެވެ.

މި ގުރުއަތު ނަގާފައިވަނީ ޒަކާތު ހައުސްގެ ފަޤީރުންގެ ދަފްތަރަށް ބަލައިގެންނެވެ. މި ދަފްތަރަކީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޒަކާތު ހައުސްއިން ރިވިއުކޮށްފައިވާ ދަފްތަރެކެވެ.

ފަޤީރުންގެ ލިސްޓުގައި މިވަގުތު ފަރުޟު ހައްޖު އަދާނުކޮށް ތިބީ 376 މީހުން ތިބި ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދީފައިވެ އެވެ. އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ ރައީސް މުއިއްޒުގެ މި ދައުރުގެ ތެރޭގައި ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރުޟު ހައްޖު ނުކުރާ އެންމެން ހައްޖަށް ފޮނުވައި ނިމޭނެ ކަމަށެވެ.

ރިޔާސީ ދައުރުގެ ތެރޭގައި ޖުމްލަ 1000 ފަގީރުން ހައްޖަށް ފޮނުވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދާ އެއްގޮތަށް އެންމެ ފުރަތަމަ ފަގީރުން ހައްޖަށް ފޮނުވަން ފެށީ 1445 ވަނަ އަހަރު އެވެ. އެގޮތުން 1445 ވަނަ އަހަރާއި 1446 ވަނަ އަހަރު ހައްޖަށް 50 ފަޤީރުން ފޮނުވާފައިވެ އެވެ.

ހައްޖު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ