ފައްޔާޒް އޭސީސީއަށް ހާޒިރުކުރަނީ

Advertisement

އެންމެ ފަސް

Advertisement

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކުރުމަށް ޗިޓު ފޮނުވައިފި އެވެ.

ފައްޔާޒަށް އޭސީސީއަށް ހާޒިރުވުމަށް އަންގާފައިވަނީ އޮކްޓޫބަރު 13 ވަަނަ ދުވަހުގެ ހެނދުނު 09:30 އަށެވެ.

އޭސީސީއަށް ހާޒިރުވުމަށް އަންގާ ފައްޔާޒްއަށް ފޮނުވި އަމުރުގައި ބުނެފައިވަނީ އޭނާ ހާޒިރުކުރަނީ މައްސަލައިގެ ތުހުމަތު ކުރެވޭ ފަރާތެއްގެ ހައިސިއްޔަތުން ކަމަށެވެ.

ފައްޔާޒް އޭސީސީއަށް ހާޒިރުކުރާ މައްސަލައިގެ ހުލާސާގެ ގޮތުގައި ބުނެފައިވަނީ، ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑްއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކުންފުންޏަށް ދިނުމަށް 2019 ވަނަ އަހަރު އޮލްޓަރނޭޓް ޑިސްޕިއުޓް ރިސޮލިއުޝަން ކޮމިޓީން ނިންމި ނިންމުމުގައި ފައްޔާޒް ބައިވެރިވެފައިވަނީ، އެ ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔތުން ފައްޔާޒަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ސްވިފްޓް އިންޖިނިއަރިންއަށް ލިބެންނުޖެހޭ މަންފާއެއް ހޯދައިދިނުމުގެ މަގުސަދުގައި ކަމަށް ތުހުމަތުކުރޭ ކަމަށެވެެ. އަދި ފައްޔާޒްގެ އަމަލުގެ ސަބަބުން ދައުލަތަށް ގެއްލުން ވެފައިވާ ކަމަށާއި ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫންގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

މިކަމާ ގުޅިގެން ފައްޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް ދައުލަތަށް ގެއްލުން ލިބޭ ގޮތަށް އަމަލުކޮށްފައި ނޯންނާނެ ކަމަށެވެ.

”އިންސާފުވެރި ތަހުގީގެއް އޭސީސީން ކުރާނެ އަދި ކުރެވޭނެ ކަމަށް މިއަދު ގަބޫލެއް ނުކުރަން. ފާއިތުވި ދެ އަހަރަކީ މުއިއްޒު ސަރުކާރުން ދައުލަތުގެ ފާރަވެރިވުމުގެ ނިޒާމު އެއްކޮށް ފުނޑާލި ދެ އަހަރު.“ ފަޔާޒް ވިދާޅުވެފައިވެ އެވެ.

މީގެއިތުރުން ފައްޔާޒް ވިދާޅުވީ، ސިޔާސީ ނުފޫޒުގައި ޖެހި، ވަކިއަތަކަށް ޖެހިގެން ތަހުގީގު ހިންގާ މީހުންނާ ގާނޫނު އަރާ ހަމަކުރާނެ ކަމަށެވެ. އަދި މިނިވަން މުއައްސަސާތައް ހަގީގަތުގައިވެސް މިނިވަންކުރަން ޖެހިފައިވުމުގެ މުހިންމުކަން މިހާރު ހާމަވާ ކަމަށް ވިދާޅުވި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އެމްޑީޕީ ފައްޔާޒް އިސްމާއިލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ