އެކްސިޑެންޓް ވުމުން އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންދިއުމަށްފަހު ފިލިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފި

Advertisement

އެންމެ ފަސް

Advertisement

އެކްސިޑެންޓް ވުމުން އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންދިއުމަށްފަހު، ފިލިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ޝަރުތުކުރުމަށްފަހު ދޫކޮށްލައިފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަކީ ފުލުހުންގެ ވަޒީފާގައި އުޅޭ މީހެކެވެ.

އޭނާ ހައްޔަރުކޮށް ބަންދު މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން ކޯޓުން އިއްޔެ ވަނީ ޝަރުތު ކުރުމަށްފަހު އޭނާ ބަންދުން ދޫކޮށްލާފަ އެވެ.

މި މައްސަލައިގައި ފުލުހުން ކޯޓުގައި ބުނެފައިވަނީ މީނާގެ ނަންމަތީގައި ރަޖިސްޓްރީ ކޮށްފައިވާ ކަރަކުން އެކްސިޑެންޓެއް ހިނގައި، އަނިޔާވި ފަރާތް ކޯޓަށް ގެންދިއުމަށްފަހު ކާރު ދުއްވި މީހާ ފުލުހުންނަށް އެކަން ރިޕޯޓު ނުކޮށް ފިލާފައިވާ ކަމަށެވެ.

މީނާ ޝަރުތުކުރުމަށްފަހު ދޫކޮށްލަން އަމުރުކުރީ، މީނާއަކީ ފުލުހުންގެ ވަޒީފާގައި އުޅޭ މީހަކަށްވެފައި، މައްސަލައިގައި ކަން ހިނގާދިޔަގޮތަށް ރިއާޔަތްކޮށް އިތުރަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށްގެންދަންޖެހޭ ހާލަތެއް ނެތްކަމަށް ބުނެ އެވެ.

ކްރިމިނަލް ކޯޓު ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ