ކުނބުރުދޫ ބިން ހިއްކުމާއި ސިއްހީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތްވެސް އެމްޓީސީސީއަށް

Advertisement

އެންމެ ފަސް

Advertisement

އދ. ކުނބުރުދޫގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އާއި އެރަށުގެ ސިއްހީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.

މި ކަމާ ގުޅޭ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ ރިޓަޔާޑް އަހުމަދު ސޮއިކުރައްވާފައިވާއިރު ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި މިއަދު އެ ކުންފުންޏާ ހަވާލުކުރި ބިން ހިއްކާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ގެ ދަށުން 9.89 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކައި 1616 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ހަމަޖެހިފައިވެ އެވެ. އަދި 230 މީޓަރު ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫގެ ދަށުން ކުރިއަށް ގެންދާނެ އެވެ. 169.11 ރުފިޔާ އަށް އެމްޓީސީސީ އާ ހަވާލުކުރި މި މަޝްރޫއު 480 ދުވަސްތެރޭގައި ނިންމަން ޖެހޭނެއެވެ.

”މި މަޝްރޫއު ނިމުމުން، ހިއްކި ބިމުން ރަށު ރައްޔިތުންނަށް ގޯތި ލިބުމުގެ ފުރުސަތު ފަހިވާނެ، ގިރާ ސަރަހައްދު ހިމާޔަތް ކުރެވި، ހިމާޔަތްކުރެވިފައިވާ ރީތި ގޮނޑުދޮށެއް ލިބިގެންދާނެ“ އެމްޓީސީސީ އިން ބުނެފައިވެ އެވެ.

މި މަޝްރޫ އާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު އެ ކުންފުނިންވަނީ މިއަދު އެ ރަށުގެ ސިއްހީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތުގެ އަމަލީ މަސައްކަތްވެސް ފަށާފަ އެވެ. މި މަޝްރޫ ފައްޓަވައިދެއްވީ ފިނޭންސް އެންޑް ޕްލޭނިން މިނިސްޓަރު މޫސާ ޒަމީރެވެ.

އެ ކުންފުނިން މައުލޫމާތު ދިން ގޮތުގައި އަލަށް އިމާރާތްކުރެވޭ އިމާރާތާއެކު ގަރާޖަކާއި ވަށައިފާރެއް ރޭނުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރެއިން ކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި މި މަޝްރޫއުއަކީ 8.17 މިލިއަން ރުފިޔާ އަށް 300 ދުވަސްތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއުއެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އދ. ކުނބުރުދޫ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ