އދ. ކުނބުރުދޫ ފުޓުބޯޅަ ދަނޑު ރަސްމީކޮށް ހުޅުވައިފި އެވެ.
މި ދަނޑު ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު އދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަނޑު ރަސްމީކޮށް ހުޅުވައިދެއްވީ އެކަމަށްޓަކައި ހާއްސަކޮށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
ކުނބުރުދޫ ހެލްތު ސެންޓަރުގައި އަލަށް ގާއިމް ކުރެވޭ އާ އިމާރާތާއި ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ވެސް މިއަދު ފަށާފައިވެ އެވެ. ހެލްތު ސެންޓަރުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ފިނޭންސް އެންޑް ޕްލޭނިން މިނިސްޓަރު މޫސާ ޒަމީރާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ މެނޭޖިން ޑިރެކްޓާ ޑީސީޕީ ރިޓަޔާޑް އަހުމަދު ސައުދީ އެވެ.
ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްދީ ހޯމްލޭންޑް އެންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން އާއި ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީނެވެ. މި ދެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެއްޓެވުމުގައި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް އަދި ކުނބުރުދޫ ކައުންސިލްގެ ރައީސް މުހައްމަދު އަޒްމީ ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން ކުނބުރުދޫގައި ގާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ މަސައްކަތްވެސް ފަށާފައިވެ އެވެ. މި މަސައްކަތް ފައްޓަވައިދެއްވީ ސްޕޯޓްސް ، ފިޓްނެސް އެންޑް ރެކްރިއޭޝަން މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. އަރިހުގައި އެމްއޭސީއެލް ގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދު ، ދާއިރާގެ މެންބަރާއި ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅުގެ ތެރެއިން އެ ރަށުގައި ވަނީ ބީއެމްއެލްގެ އޭޓީއެމްވެސް ހުޅުވާފަ އެވެ. އޭޓީއެމް ހުޅުވައިދެއްވީ ރައީސް މުއިއްޒު އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން އދ. ކުނބުރުދޫ އެމްއޭސީއެލް އެމްޓީސީސީގެ އެމްޑީ އަހުމަދު ސައުދީ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޑރ. އަބްދުﷲ ރާފިއު މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު