އުރީދޫ ކަސްޓަމަރ ޑޭ ފާހަގަކުރުމަށް މެނޭޖްމެންޓާއި ސްޓާފުން ކަސްޓަމަރުންގެ ގާތަށް

Advertisement

އެންމެ ފަސް

Advertisement

އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރ ޑޭ ފާހަގަކުރުމުގެ ގޮތުން ކަސްޓަމަރުންގެ ހިޔާލުތަކާއި އިހުސާސްތައް ދެނެގަތުމަށްޓަކައި އުރީދުގެ މެނޭޖްމަންޓް ޓީމާއި މުވައްޒަފުން ކަސްޓަމަރުންގެ ގާތަށް ޒިޔާރަތްކޮށްފި އެވެ.

އުރީދޫން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، މި ހަރަކާތުގެ ދަށުން އެކްސްޕީރިއަންސް ސެންޓަރުތަކާއި، ރީޓެއިލް ފިހާރަތަކާއި، ޕާޓްނަރުންގެ ސައިޓްތައް ފަދަ ތަފާތު ތަންތަނުގައި ކަސްޓަމަރުންނާ ބައްދަލުކޮށް، ކަސްޓަމަރުންގެ ފީޑްބެކް އަޑުއަހައި، ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށް ބޭނުންވާ އަގުހުރި މައުލޫމާތުތައް އެއްކުރި އެވެ.

މި އަހަރުގެ ކަސްޓަމަރ ޑޭގެ ޝިއާރަކީ ”ޑިޖިޓަލީ ޔުއަރސް: އެލިވޭޓިންގ ކަސްޓަމަރ އެކްސްޕީރިއަންސް“ ކަމުގައި ވާއިރު، މި ހަރަކާތުގެ ދަށުން އުރީދޫގެ ހުރިހާ ޑިޕާޓްމެންޓެއްގެ މުވައްޒަފުންނަށް ސީދާ ކަސްޓަމަރުންނާ މުޢާމަލާތުކޮށް، ކަސްޓަމަރުންގެ ބޭނުންތަކާއި، ދަތިތަކާއި، ލަފާތައް ދެނެގަތުމުގެ ފުރުސަތު ލިބިގެން ދިޔަ އެވެ.

”އަޅުގަނޑުމެންގެ ހުރިހާ ހަރަކާތެއްގެ މައި ތަނބަކީ އަޅުގަނޑުމެންގެ ކަސްޓަމަރުން. ކަސްޓަމަރ ޑޭ އަކީ ކަސްޓަމަރުންގެ ބޭނުންތައް އޮޅުންފިލުވައި، ފަރުވާތެރިކަމާއެކު އަޑުއަހައި، އެ މީހުންނަށް ހިދުމަތް ދެވޭނެ ގޮތްތައް ދެނެގަންނަ ދުވަހެކެވެ،“ އުރީދޫން ބުންޏެވެ.

މި ހަރަކާތުގައި އުރީދޫގެ ފްރަންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންނާއި މެނޭޖްމަންޓް އަދި ހުރިހާ ފަންތިއެއްގެ މުވައްޒަފުން ބައިވެރިވެފައިވާއިރު، މި ހަރަކާތުގެ ސަބަބުން އުރީދޫގެ އުފެއްދުންތަކާއި ތަޖުރިބާތައް އިތުރަށް ފުޅާކޮށް، ކަސްޓަމަރުންގެ ބޭނުންތަކަށް އަންނަ ބަދަލުތައް ފުއްދުމަށް އުރީދޫއިން ކުރަމުން އަންނަ މަސައްކަތް ރަމްޒުކޮށްދެ އެވެ.

އުރީދޫ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ