ފޮފަޅަގައު ފަޅަކީ ކުނބުރުދޫގެ ބައެއްކަމަށް ރައީސް މުއިއްޒު ކަނޑައަޅުއްވައިފި

Advertisement

އެންމެ ފަސް

Advertisement

އދ. ކުނބުރުދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމާއި އާމްދަނީ ހޯދުމުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، އެ އަތޮޅު ފޮފަޅަގައު ފަޅަކީ ކުނބުރުދޫގެ ބައެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެވެ.

މި ނިންމެވުމަކީ ކުނބުރުދޫ ރައްޔިތުން ހުށަހެޅި ހުށަހެޅުމަކަށް ރިއާޔަތްކުރައްވައި ނިންމެވި ނިންމެވުމެކެވެ. ކުނބުރުދޫގައި ހުރި ބިމާއި ވަސީލަތްތައް މަދުވުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް އާމްދަނީ ހޯދުމަށާއި ބޯހިޔާވަހިކަމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ފޮފަޅަގައު (ކޯޑު ނަންބަރު 1185 RF) ފަޅު ބޭނުންކުރެވިދާނެ ކަމަށް ރައްޔިތުން ވަނީ ފާހަގަކޮށްފަ އެވެ.

މި ނިންމެވުމާ ގުޅިގެން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން، 2025 ފެބުރުވަރީ 5 ވަނަ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައިވާ، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ގަރާރަށް އިޞްލާޙު ގެނެވި، އެ ޤަރާރުގެ ޖަދުވަލުގައި ހިމެނޭ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު ވަނީ އަދާހަމަކުރެވިފަ އެވެ.

ރައީސް މުއިއްޒު އިއްޔެވަނީ އދ. އޮމަދޫގެ އިހުތިސޯސްގައި އެ ރަށާ ކައިރީގައި އޮންނަ ތިން ފަޅެއް ހިމަނާފަ އެވެ. އެމަނިކުފާނު ނެރުއްވި ގަރާރެއްގައި، އދ. އަތޮޅުގެ ކޯޑު ނަންބަރު RF1330 ފަޅާއި ކުޑަދޫ ފަޅު އަދި ކޯޑު ނަންބަރު RF1329 ފަޅު އޮމަދޫގެ އިހުތިސޯސްގެ ތެރޭގައި ހިމެނުމަށް ވަނީ ނިންމަވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އދ. ކުނބުރުދޫ އދ. އޮމަދޫ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ