ރައީސް ސޯލިހް މުޒާހަރާއަށް، މިނިސްޓަރު ސައީދުގެ ވަރުގަދަ ރައްދެއް!

Advertisement

އެންމެ ފަސް

Advertisement

އިދިކޮޅު އެމްޑީޕީން ރޭ މާލޭގައި ބޭއްވި މުޒާހަރާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަތުމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

އެމްޑީޕީން ރޭ މާލޭގައި މުޒާހަރާ ކުރިއަށްގެންދަން މަސައްކަތްކުރީ، ފުލުހުންނާއެކު އެއްބަސްވެފައިވާ ގޮތާ ހިލާފަށް މަޖިދީ މަގުން މުޒާހަރާ ކުރިއަށްގެންދިއުމަށެވެ. މި މުޒާހަރާގައި ކުރީގެ ރައީސް ސޯލިހް، އަދި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އަދި އެމްޑީޕީގެ އިސްފަރާތްތަށް ބައިވެރިވެވަޑައިގެންފައިވެ އެވެ.

މި މުޒާހަރާގައި ރައީސް ސޯލިހް ބައިވެރިވުމާ ގުޅިގެން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ، ސޯލިހް މިހާރު ހުންނެވީ އިސްލާހަށް ނިކުމެ ވަޑައިގެން ކަމަށާއި ނަމަވެސް މީގެކުރިން، ވެރިކަމެއް ކުރަން 5 އަހަރުވެސް މާ ދިގުކަމަށް ރައީސް ސޯލިހް ވިދާޅުވިކަމަށެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ، ޕީޕީއެމް ޕީއެންސީގެ އޮފީސް ފުލުހުން މެދުވެރިކޮށް ތަޅުއަޅުވައި، އިދިކޮޅު ލީޑަރު 5 އަހަރު ޖަލުގައި ބޭންދީވެސް ރައީސް ސޯލިހްގެ މޭސްތެރި ކަމުގައި އެމަނިކުފާނުގެ ވެރިކަމުގައި ކަމަށެވެ.

”އެއިރު މަނިކުފާނާ ބައްދަލުވަނީ މަދު ފަހަރަކު، ވިދާޅުވަނީ، މުޒާހަރާއަށް ނުކުންނާތީ ނޫންހޭ ހުއްޓުވަނީ. ގޭގައި ތިބޭ ނަމަ ފުލުހުންނެއްވެސް އެކަންކުރާކަށް ނޫޅޭނެ ނޫންހޭ!“

މިނިސްޓަރު ސައީދު ވިދާޅުވީ، މިއަދު ފުލުހުންގެ ބެރިކޭޑް ކުރިމަތީ ރައީސް ސޯލިހް ހުންނެވީ 2028 ވަނަ އަހަރުގެ އެމްޑީޕީ ކެނޑިޑަސީއަށްޓަކައި ކަމަށެވެ.

”ސުވާލަކީ އިސްލާހަށް، އެއިރު އެވިދާޅުވި ގޮތަށް 5 އަހަރު މަދުވީތޯއޭ؟ ނޫނީ، ވެރިކަމަށް ކުރިމަތިލާން ކުފޫ ހަމަވާ އެހެން މީހަކު ތިޔަ ޕާޓީގައި ހަމަ ނެތީތޯއޭ؟“

މިނިސްޓަރު ސައީދު ވަނީ، ރައީސް ސޯލިހަށް މިހާރުވެސް ކުރީގެ ރައީސުންގެ އިނާޔަތުގެ ގޮތުގައި ބޮޑެއެއްޗެއް ލިބޭކަން ފާހަގަކުރައްވާ، އަނެއްކާވެސް އިސްލާހަށް ނިކުމެވަޑައިގަތީ، ލިބުނު 5 އަހަރުގައި މާމޮޅު އިސްލާހެއް ގެނެވުނީމަތޯ ސުވާލު އުފައްދަވާފަ އެވެ.

ސޯލިހްގެ ވެރިކަމުގައި ގެނެސްދެއްވިހާވެސް އެއްޗަކީވެސް ދަރަނީގެ ރަން ޒަމާނަކާއި، ކުންފުނިތައް ދަރުވާލުމާއި، ޗާޕުކޮށް ދިވެހިރުފިޔާގެ އަގު ތާއަބަދަށް ވައްޓާލުން ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ. އަދި ދައުލަތާއި ރައްޔިތުން އުޅެނީ އަދިވެސް އެކަންކަމުން އަރައިނުގަނެގެން ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެމްޑީޕީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ