އެންމެ އުފާވެރި ދުވުން، އުރީދޫ ފަން ރަން ޑިސެމްބަރ 19 ގައި ބާއްވާނެކަން އިއުލާންކޮށްފި

Advertisement

އެންމެ ފަސް

Advertisement

ދިވެހިރާއްޖޭގައި ބާއްވާ އެންމެ އުފާވެރި ދުވުންކަމަށްވާ އުރީދޫ ފަން ރަން ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު ބާއްވާނެކަން އުރީދޫ މޯލްޑިވްސް އިން އިއުލާންކޮށްފި އެވެ.

ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި ދުވުމުގެ ގޮތުގައި މަޝްހޫރުވެފައިވާ މި ދުވުމަކީ ހުރިހާ އުމުރުފުރައިގެ މީހުންނަށް ބައިވެރިވެވޭ އަދި އެއްބައިވަންތަކަމާއި އުފަލާއި މަޖަލުގެ ތެރެއިން ދުޅަހެޔޮ ސިއްހަތަކަށް އެއްބާރުލުންދޭ އިވެންޓެކެވެ.

ކޮންމެ އަހަރަކުވެސް އެތައް ހާސް ބަޔަކު ބައިވެރިވާ އުރީދޫ ފަން ރަން އަކީ ދުޅަހެޔޮ ސިއްހަތެއްގެ އިތުރުން އުފާވެރިކަމާއި މުޖުތަމައުގެ ރޫހު ދައްކުވައިދޭ ރޭހެއްގެ ގޮތުގައި ކުރިއަށް ގެންދާ ރަނެކެވެ. މި އަހަރުގެ އެޑިޝަނަކީވެސް ހުރިހާ އުމުރުފުރައެއްގެ މީހުން ވެސް މަޖާ އަދި އުފާވެރި މާހައުލެއްގައި އެއްބައިވަންތަ ކޮށް، އަހަރު ނިންމާލަން އެންމެ ރަނގަޅު އެއް އިވެންޓް ކަމަށް އުރީދޫން ފާހަގަކޮށްފައިވެ އެވެ.

މި ދުވުމުގައި ބައިވެރިވުމަށް ރެޖިސްޓްރޭޝަން ހުޅުވާލަން ހަމަޖެހިފައިވަނީ 19 އޮކްޓޫބަރު 2025 ގަ އެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުން ކުދިބޮޑު އެންމެނަށް މި ހަރަކާތުގައި ބައިވެރިވުމުގެ ދައުވަތު އުރީދޫން ދީފައިވެ އެވެ. ބައިވެރިންނަށް މަޖާ ކިޓްތަކާއި، ކުލަ، ފޯމް، މިއުޒިކް އަދި މުނިފޫހިފިލުވުމުގެ އެތައް ތަޖުރިބާއެއް އިވެންޓް ސަރަހައްދުން ލިބިގެންދާނެ ކަމަށް އުރީދޫން މައުލޫމާތު ދީފައިވެ އެވެ.

”އުރީދޫ ފަން ރަން އަކީ ހަމައެކަނި ފިޓްނަސް ނޫން، މިއީ މުޖުތަމައު ގުޅުވާލާ އުފާވެރި އަދި އެއްބައިވަންތަ ވަގުތުތައް އުފެއްދުމަށް ބާއްވާ ހަރަކާތެއް“ ކަމަށް އުރީދޫން ބުނެފައިވެ އެވެ. އަދި ދުވުންތެރިންނާއި އާއިލާ އަދި ރަހުމަތްތެރިން އަނެއްކާވެސް އެއްތަނަކަށް އެއްވެ، އެ އުފާވެރިކަން ލިބި، އެކުގައި އުފާ ފާޅު ކުރާނެ ކަމަށް އުރީދޫން އުންމީދު ކުރާކަމަށްވެސް ބުނެފައިވެ އެވެ.

ކިޓްތަކާއި، ރޫޓްތަކާއި، އިވެންޓާއި ގުޅޭ އިތުރު މައުލޫމާތު ޑޭޓް ކައިރިވަމުން އަންނަ ވަރަކަށް އުރީދޫގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާ ކުރެވިގެން ދާނެ ކަމަށް އުރީދޫން މައުލޫމާތު ދީފައިވެ އެވެ.

އުރީދޫ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ