އެމްޑީޕީން މުޒާހަރާއަށް ނިކުތީ ކޮރަޕްޝަންގެ މައްސަލަތައް ބަލާތީ، ޤައުމު ހަލަބޮލިކުރަން: މިނިސްޓަރ ހަލީލް

Advertisement

އެންމެ ފަސް

Advertisement

އެމްޑީޕީގެ ވެރިން ހިންގާފައިވާ ކޮރަޕްޝަންގެ ބޮޑެތި ޢަމަލުތައް ބަލާނެކަން ކަށަވަރުވުމުން، ޤައުމު ހަލަބޮލިކުރުމަށް އެމްޑީޕީން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

މިރޭ 8:30 ގައި ”ލޫޓޫވައިފި ލޫޓޫވައިފި“ ގެ ނަމުގައި މާލޭގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް އެމްޑީޕީން ތައްޔާރުވަމުންދާއިރު، މިނިސްޓަރ ހަލީލް ވިދާޅުވީ ފުލުހުންނަށް ހަމަލާދީ، ދައުލަތުގެ މުދަލަށް ގެއްލުން ދިނުމަކީ އެމްޑީޕީގެ މުޒާހަރާތަކުގައި އާންމު ކަމެއް ކަމަށެވެ.

މި މުޒާހަރާއާ ގުޅޭގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވަނީ އެ ޕާޓީގެ މެންބަރުން މުޒާހަރާގައި ބައިވެރިނުވުމަށް ގޮވާލައްވާފަ އެވެ. ޤާސިމް ވިދާޅުވީ މިއީ ބިނާކުރަނިވި މުޒާހަރާއެއް ނޫން ކަމަށާއި، ވެރިކަން ހޯދުމަށް ޤައުމު އިތުރަށް އިނދަޖައްސައި ވަޅުގަނޑަކަށް ވައްޓާލުމަށް ކުރާ މަސައްކަތެއް ކަމަށެވެ.

ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީގެ ސަރުކާރުން ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރުވެސް ވެގެންދިޔައީ ވައްކަންކުރުމަށް ލިބުނު ފުރުސަތަކަށެވެ. މިގޮތުން ވެންޓިލޭޓަރު، ކޮވިޑް ފެސިލިޓީތައް، ކޭޓަރިންގ އަދި މާސްކުން ފެށިގެން އެތައް މަޝްރޫޢުތަކެއްގައި ވައްކަންތައް ހިންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރ ޝިޔާމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީ ސަރުކާރުގެ 5 އަހަރުގެ ތެރޭގައި 64 ބިލިއަން ރުފިޔާގެ ދަރަނި އުފައްދާފައިވާއިރު، ވެރިކަން ނިމުނުއިރު މަސްވެރިންނަށް 250 މިލިއަން ރުފިޔާ އަދި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް 8 ބިލިއަން ރުފިޔާ ދައްކަން އޮތް ކަމަށްވެސް ފާހަގަކުރެއްވި އެވެ.

އެމްޑީޕީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ