މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ކޮންނަ ބޯޓު، މަހާޖައްރާފު މަރާމާތު ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ޚަރަދުކޮށްފައިވާ މައްސަލަ ތަހުގީގު ކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފި އެވެ.
އެމްޓީސީސީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، އެ ކުންފުނިން ބިން ހިއްކުމަށް ބޭނުންކުރާ އެންމެ ބޮޑު ކޮންނަ ބޯޓު ކަމަށްވާ މަހާޖައްރާފަށް ލިބުނު ގެއްލުންތައް މަރާމާތު ކުރުމުގައި، 2022 ވަނަ އަހަރު ދުބާއީގެ ޑޮކްޔާޑުގައި އެކަށީގެންވާ އަގަށްވުރެ އެތައް ގުނައެއް އިތުރަށް ޚަރަދުކޮށްފައިވާކަން އިންޓަރނަލް އޮޑިޓަށާއި ޑިރެކްޓަރުންގެ ބޯޑަށް ފާހަގަކުރެވިފައިވެ އެވެ.
މި މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، ކުންފުނީގެ ގަވާއިދުތަކާއި އުސޫލުތަކާ ޚިލާފަށް ކޮށްފައިވާ ކަންކަން ތަހުގީގުކޮށްދިނުމަށް އެދި އޭސީސީގައި ރަސްމީކޮށް އެދިފައިވާކަމަށް އެމްޓީސީސީން ބުނެފައިވެ އެވެ. އަދި އެ ކުންފުންޏަކީ ހިއްސާދާރުންގެ ކުންފުންޏަކަށް ވާއިރު، މިދިޔަ އަހަރުތަކުގެ އޮޑިޓް ރިޕޯޓުގައި ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވެފައިވާކަން ފާހަގަކުރެވިފައިވާކަމަށްވެސް ބުނެފައިވެ އެވެ.
އެމްޓީސީސީން އިތުރަށް ބުނެފައިވަނީ، މި މައްސަލަ ތަހުގީގުކޮށް އިހުމާލުވި ފަރާތްތަކުގެ އަތުން ފައިސާ ހިއްސާދާރުންނަށް ހޯދައިދިނުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިފައިވާ ކަމަށާއި، މައްސަލަ ތަހުގީގުކޮށް ޝަރީއަތުގެ ކުރިމައްޗަށް ގެނައުމަށް އެ ކުންފުނީގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ދޭނެކަމަށެވެ. ނަމަވެސް އިހުމާލުވެފައިވާ ފައިސާގެ އަދަދާއި އިހުމާލުވި ފަރާތްތަކުގެ މައުލޫމާތު އެމްޓީސީސީން ހާމަކޮށްފައެއް ނުވެ އެވެ.
މި މައްސަލަ ހާމަވެފައިވަނީ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން 2019 އިން 2023 އަށް 200 މިލިއަނެއްހާ ރުފިޔާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ބުނެ އެ މައްސަލަ ތަހުގީގީ އިދާރާތަކަށް ހުށަހެޅި ދުވަހު އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) ީއެމްޑީޕީ ސަރުކާރުގެ ކޮރަޕްޝަން