ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ޑރ. އައިޝަތް ރަމީލާ އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އެޗްއާރްސީއެމްގެ މެންބަރު ކަމަށް ބޭފުޅަކު އައްޔަނު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ނަންފުޅުތައް އިއްވާފަ އެވެ.
އެގޮތުން ރައީސް މުއިއްޒު ފޮނުއްވާފައިވަނީ، މި ސަރުކާރުގައި އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރުގެ މަގާމު ފުރުއްވި ޑރ. އައިޝަތް ރަމީލާގެ ނަންފުޅެވެ.
މި މައްސަލަ ދިރާސާ ކުރުމަށް ފޮނުވާފައިވަނީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށެވެ.
ރައީސް މުއިއްޒުގެ ސަރުކާރުގައި ޑރ. ރަމީލާ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގެންނެވީ 2023 ނޮވެމްބަރު 17 ވަނަ ދުވަހު އެވެ. ނަމަވެސް ކެންސަރު ބަލީގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދެވުމަށް އެކަމަނާ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ މިދިޔަ އަހަރު ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
ރައްޔިތުންގެ މަޖިލިސް އެޗްއާރްސީއެމް މިނިސްޓަރ އާއިޝަތު ރަމީލާ