ކުންފުނީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވެފައިވާކަމަށާއި މި މައްސަލަ ތަހުގީގުކޮށް އެކަން ކުރި ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވޭތުވެދިޔަ އަހަރުތަކުގެ އޯޑިޓް ރިޕޯޓުތަކުގައި އެ ކުންފުނީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވެފައިވާކަމަށް ފެންނަ ކަމަށެވެ. އަދި މި މައްސަލަ ގަވައިދުގެ ތެރެއިން ތަހުގީގުކޮށް، އިހުމާލުވި ފަރާތްތަކުގެ އަތުން އެ ފައިސާ ހިއްސާދާރުންނަށް ހޯދައިދިނުމަށް އެދިފައިވާކަމަށް އެމްޓީސީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.
މި މައްސަލަ ތަހުގީގުކޮށް ޝަރީއަތުގެ ކުރިމައްޗަށް ގެންނަން ޖެހޭ މީހުން ގެނައުމަށްޓަކައ،ި މި ކުންފުނީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭނެކަމަށް އެމްޓީސީސީން ބުނެފައިވެ އެވެ.
އެމްޓީސީސީގެ ބަޔާނުގައި އެ ކުންފުންޏަކީ ހިއްސާދާރުންގެ ކުންފުންޏެއްކަން ފާހަގަކޮށްފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ ކޮރަޕްޝަނާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި ސަރުކާރުގައި ހާމަވި ކޮރަޕްޝަންގެ މައްސަލަތަކެއްގައިވެސް ކުންފުނިތަކާ ހަވާލުވެ ތިއްބެވި ވެރިން ވަނީ މަގާމުތަކުން ވަކިކޮށްފަ އެވެ. އަދި ކުރީ ސަރުކާރުގައި ހިއްގާފައިވާ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކޮށް އަންނަނީ ފިޔަވަޅު އަޅަމުންނެވެ.
ކޮރަޕްޝަން މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)
