އެމްޓީޑީ ހިންގި އޮފީހަށް ކުލި ނުދައްކައިގެން ކޯޓަށް

Advertisement

އެންމެ ފަސް

Advertisement

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ ހުންނަވާ އުފެއްދެވި މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ގެ އޮފީސް ހިންގި ތަނަށް ކުލި ނުދައްކައިގެން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު އުވާލާފައިވާ އެމްޑީޓީގެ އޮފީސް ހިންގި އިމާރާތަށް ކުލި ނުދައްކައިގެން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ މޭ މަހު އެވެ.

މި މައްސަލައިގައި އެދިފައިވަނީ ތަނުގެ ކުއްޔަށް އަރާފައިވާ 380،000 ރުފިޔާ ހޯދުމަށާއި އެގްރިމެންޓްގެ މުއްދަތު ހަމަވިފަހުންވެސް ތަން ހަވާލުކޮށްފައި ނުވާތީ، ހަވާލުކުރަންދެން ހިނގާ ކޮންމެ މަހަކަށް 30،000 ރުފިޔާގެ މަގުނުް ފައިސާ ނަގައިދިނުމަށެވެ.

މި މައްސަލައަށް އެމްޓީޑީގެ ފަރާތުން ޖަވާބުދާރީވެފައި ނުވާތީ، މައްސަލަ ހުށަހެޅި ފަރާތުން އެދުނީ އެމްޓީޑީގެ ޣައިރު ހާޒިރުގައި މައްސަލަ ނިންމައިދިނުމަށެވެ.

ނަމަވެސް ސިވިލް ކޯޓުން އިއްޔެ ނިންމި ނިންމުމުގައި ވަނީ މި މައްސަލަ ބާތިލުކޮށްފަ އެވެ. މައްސަލަ ބާތިލުކުރީ ޣައިރު ހާޒިރުގައި މައްސަލަ ނިންމައިދިނުމަށް އެދިފައިވަނީ އެކަމަށް ހާއްސަ ފޯމުން ކަމަށް ނުވާތީ އެވެ. އަދި މައްސަލަ ބާތިލްކުރި ނަމަވެސް، ރަނގަޅު ފޯމާ އެކު މައްސަލަ އަލުން ހުށަހެޅުމުގެ ހައްގު އޮންނާނެކަން އިއްޔެގެ ނިންމުމުގައި ފާހަގަކޮށްފައިވެ އެވެ.

ސިޔާސީ ޕާޓީގެ ގާނޫނުގައި ބަޔާންކޮށްފައިވާ 3،000 މެންބަރުންގެ އަދަދު ހަމަނުވާތީ އެމްޓީޑީ އުވާލާފައިވަނީ މިމަހު ކުރީކޮޅު އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، ސިޔާސީ ޕާޓީއެއް ދެމެހެއްޓުމަށް ގާނޫނުން ލާޒިމްކުރާ މެންބަރުންގެ އަދަދު ހަމަކުރުމަށް ދީފައިވާ މުއްދަތުގައި އެމްޓީޑީން އެކަން ފުރިހަމަ ނުކުރުމާ ގުޅިގެން ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އެމްޓީޑީ އުނިކުރާ ކަމަށެވެ.

މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ސިވިލް ކޯޓު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ