ބޮންޑެޑް ވެއާހައުސްއިން ވަގަށް ނެރުނު ސިނގިރޭޓަށް 20 މިލިއަން ރުފިޔާ ދައްކަން ހުކުމްކޮށްފި

Advertisement

އެންމެ ފަސް

Advertisement

ކަސްޓަމްސްގެ ބޮންޑެޑް ވެއާހައުސްއިން ވަގަށް ނެރުނު ސިނގިރޭޓު ފޮށިތަކަށް 20 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މި ހުކުމަކީ އެސްޖީއެމް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ބޮންޑެޑް ވެއާހައުސްއަށް 2018 ވަނަ އަހަރުގެ އޭޕްރީލް 27 އަދި ޖޫން 4 ގައި އެތެރެ ކުރި 1،060 ފޮށި ސިނގިރޭޓު ބޮންޑުކުރުމަށްފަހު، އިމްޕޯޓު ޑިއުޓީގެ ގޮތުގައި 20.7 މިލިއަން ރުފިޔާ ނުދައްކައި އަދި ކަސްޓަމްސްއަށް ނާންގައި ބޮންޑެޑް ވެއާހައުސްއިން ބޭރުކުރި މައްސަލައިގައި ކަސްޓަމްސްއިން މިދިޔަ ޖުލައި މަހު އެސްޖީއެމްއާ ދެކޮޅަށް ދަޢުވާ ކުރުމުން ކުރި ހުކުމެކެވެ.

ކަސްޓަމްސްގެ ދަޢުވާގައި ބުނެފައިވަނީ، އެ ބޮންޑެޑް ވެއާހައުސް ފާސްކުރުމަށް ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާ ކަމަށާއި، މިދިޔަ އަހަރުގެ ޑިސެމްބަރު 29 ގައި ކޯޓު އަމުރެއްގެ ދަށުން އެ ތަން ފާސްކުރިއިރު، މ. ނިއު ސަނީވޭގައި ހަދާފައިވާ އެ ތަނުގައި ހުރީ މީހުން ދިރިއުޅޭ އެޕާޓްމަންޓެއް ކަމަށާއި، އެތަނުގައި ހުންނަންޖެހޭ މުދާ ނެތްކަމަށެވެ.

ދަޢުވާގައި ބުނެފައިވަނީ، އެސްޖީއެމްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ބޮންޑެޑް ވެއާހައުސްއަށް އެމެރިކަން ލެޖެންޑުގެ 430 ކޭސް އަދި އަފްޒަލް މޮލްސެސްގެ ބްރޭންޑުގެ 250 ކޭސް ޕައިޕް ޓޮބޭކޯ އެތެރެކޮށްފައިވާ ކަމަށެވެ. އަދިމި މުދާ 2018 ވަނަ އަހަރުގެ އޭޕްރީލް 5 ގައި މާލޭ ކޮމާޝަލް ހާބަރުން ނެރެފައިވާކަން އިނގޭކަމަށް ބުނެފައިވެ އެވެ. އަދި އެންމެ ފަހުން އެ ތަނުން މުދާ ނެރެފައިވަނީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު 20 ގައި ކަމަށް ލިޔެކިޔުންތަކުން އެނގެން އެބަ އޮތްކަމަށް ބުނެފައިވެ އެވެ.

ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައި، މި ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ އެއްޗެއްކަން މަދަނީ މިންގަނޑުތަކުން ޝަރީޢަތަށް ސާބިތުވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. އަދި ހުކުމް އިއްވި ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި 20.7 މިލިއަން ރުފިޔާ ސިވިލް ކޯޓު މެދުވެރިކޮށް ދެއްކުމަށް އަމުރުކޮށްފައިވެ އެވެ.

ކަސްޓަމްސް ސިވިލް ކޯޓު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ