މިހާރު ރާއްޖޭގައި ހާފިޒުން ނުވަތަ ގުރުއާން އެއްކޮށް ހިތުދަސް ކޮށްފައިވާާ މީހުން އަދަދު 284 އަށް އަރާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޝަހީމް ވިދާޅުވީ ދިވެހި ހާފިޒުންގެ ޖުމްލަ އަދަދު މިވަގުތާއި ހަމައަށް 284 އަށް އަރާފައިވާ ކަމަށާއި މި ފަސް އަހަރުތެރޭ މި އަދަދު 500 އަށް އަރާނެ ކަމަށެވެ. މި ވަގުތާއި ހަމައަށް 1500 ފަރާތަކުން ޤުރުއާން ހިތު ދަސްކުރާ ކުލާސްތަކުގައި ދަސްކުރަމުންދާއިރު އޭގެތެރޭގައި ކުޑަކުދިންނާ ޒުވާނުން ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ. އަދި އެންމެ ގިނަ ފަރާތްތައް ދަސްކުރަމުން ދަނީ ޤުރުއާން މަރުކަޒާއި އިލްމު އިންސްޓްޓިއުޓްގައި ކަން ވެސް ޝަހީމް ފާހަގަ ކުރެއްވި އެވެ.
”އަންނަ ރޯދަމަހުގެ 27 ވިލޭރޭގައި 50 ހާފިޒުން ވަރު ދަސްވެނިވާނެ ކަމަށް ލަފާވޭ. މިދިޔަ ރޯދަ މަހު 24 ހާފިޒުން ދަސްވެނިވި“ ޝަހީމް ވިދާޅުވިއެވެ.
ދިވެހި ހާފިޒުންގެ އަދަދު އިތުރުކޮށް ޤުރުއާނަަށް ލޯބިކުރާނެ ޖީލެއް ބިނާކުރުމަށް ހިތްވަރު ދެއްވުމަށް ރައީސް، ހާފިޒުންގެ އެލަވަންސް މިދިޔަ ޖޫން މަހު އިތުރުކޮށް ދެއްވާފައިވެ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގުރުއާނާ ބެހޭ މަރުކަޒު